
GAUp4iWasAAB7bV-800x600
ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ލީޑަރު އެޕާޓީގެ ބައެއް ކޮމެޓީތަކާ ބައްދަލުކުރައްވައިފި އެވެ.

އެމްޑީޕީން ބުނެފައިވަނީ ރައީސް ސޯލިހް އެ ޕާޓީގެ ކެމްޕެއިން ކޮމިޓީ، މީޑިއާ ކޮމެޓީ އަދި ފިޔަވަޅުއަޅާ ކޮމިޓީގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ގ. ނިއުޝާގައި ހުންނަ އެމްޑީޕީގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުންތަކުގެ އިތުރު ތަފްސީލެއް އެމްޑީޕީން ހާމަކޮށްފައެއް ނުވެއެވެ.
އެމްޑީޕީން އަންނަނީ ކުރިއަށް އޮތް ބައި އިލެކްޝަންސް ތަކާއި ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްޑީޕީގެ ވަގުތީ ލީޑަރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަންކޮށްފައިވަނީ، އެ ޕާޓީން އއ. ރަސްދޫގައި މިދިޔަ ހަފްތާގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުންނެވެ.