
ހިޒްބުﷲ އާއި ހަމާސް އަދި އިސްލާމިކް ޖިހާދުން އިސްރާއީލަށް ހަމަލާދޭން ފަށައިފި
Attack On Israel
ޔަހޫދީ އިސްރާއީލުން ޣައްޒާއަށް އަލުން ހަމަލާދޭން ފެށުމާއެކު ޔަމަނުގެ ހިޒްބުﷲ ޖަމާއަތާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުން ޔަހޫދީ އިސްރާއީލަށް ހަމަލާތަކެއް ދީފިއެވެ.

އެގޮތުން އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަކަށް ހިޒްބުﷲ އިން ހަމަލާތަކެއް ދީފައިވާއިރު، ހަމާސް ޖަމާއަތުން ވަނީ ޔަހޫދީންގެ ވެރިރަށް ތެލްއަވީވް އާއި އެ ސަރަހައްދުގެ ބައެއް އަވަށްތަކަށް ހަމަލާތަކެއް ދީފައެވެ. އަދި ޣައްޒާގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދުންވެސް ވަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާކަން ދާދި ދެންމެއަކު އިއުލާނުކޮށްފައެވެ.
ހިޒްބުﷲ އިން ހަމަލާތައް ދީފައިވަނީ ލުބުނާނުގެ ބޯޑަރު ކައިރީގައި އޮންނަ ޔަހޫދީ އިސްރާއީލުގެ ޝިއާރް ޔަޝުވް، ހަގޯޝްރިމް، ދަފްނާ އަދި ބެއިޓް ހިލެލްގެ ސަރަހައްދުތަަކަށެވެ.
ހިޒްބުالله އާއި އިސްރާއީލުން ވަނީ ފާއިތުވި ހަފުތާގެ ތެރޭގައި ބޯޑަރު ސަރަހައްދުގައި އިއުލާނު ނުކޮށް ހަމަލާތައް ހުއްޓާލާފައެވެ. ނަމަވެސް ހަމަލާތައް ހުއްޓާލައި އަސީރުން ބަދަލުކުރުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާއެކު ޔަހޫދީން ޣައްޒާއަށް ހަމަލާދޭން ފެށުމް ހިޒްބުﷲ އިން ވަނީ އަލުން އިސްރާއީލަށް ހަމަލާދޭން ފަށައި، އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަމަލާތައް ދެމުންދާހާ ހިނދަކު ލުބުނާން-އިސްރާއީލު ބޯޑަރު ދެމިއޮންނާނީ ހަރަކާތްތެރި ފްރަންޓްލައިންއެއްގެ ގޮތުގައި ކަމަށް ހާމަކޮށްފައެވެ.
އަދި ހަމާސްއިން ވަނީ އިސްރާއީލުގެ އެންމެ ބޮޑު ސިޓީ އަދި ވެރިކަންކުރާ ތެލްއަވީވް އަށް އެ ޖަމާއަތުގެ ހަތިޔާރު އެޅި ގޮފިން ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފައެެވެ.
އިސްލާމިކް ޖިހާދުގެ ގުދުސް ބްރިގޭޑްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިހާތަނަށް އިސްރާއީލުގެ ކިސުފީމް ކިބުތުޒަށް 107 މިސައިލް ހަމަލާ ދީފައިވާ ކަމަށެވެ.