logoEN
Sto top
މާލޭގެ މިސްކިތެއްގައި އިނގިރޭސިން ހުތުބާ ކިޔުމާމެދު ހިޔާލު ހޯދަނީ

މާލޭގެ މިސްކިތެއްގައި އިނގިރޭސިން ހުތުބާ ކިޔުމާމެދު ހިޔާލު ހޯދަނީ

އަލްފާ އަލީ

logo

12/1/2023, 4:43:15 PM

F_7sCpSboAAZblH

މާލޭގެ ކޮންމެވެސް އެއް މިސްކިތެއްގައި އިނގިރޭސިން ޚުޠުބާ ކިޔުމާމެދު އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.

Wamco

އިސްލާމިން މިނިސްޓަރ. ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ ސިޓީގައި ވަރަށް ގިނަ އަދަދެއްގެ މުސްލިމު ބިދޭސީ މަސައްކަތްތެރިން އުޅޭ ކަމަށާއި ކޮންމެވެސް އެއް މިސްކިތެއްގައި ހުކުރު ހުތުބާ އިނގިރޭސިން ކިޔުމާއި ގުޅޭގޮތުން އާއްމުންގެ ހިޔާލު ބޭނުންވާ ކަމަށެވެ.

"މިހެން މިދެންނެވީ މަސައްކަތްތެރިންގެ ސުލޫކާއި އަހުލާގު އަދި ދީންވެރިކަން އިތުރުވުމުގައި އެ މީހުން ދަންނަ ބަހަކުން އިއްވޭ ހުތުބާގެ ދައުރު މުހިންމުކަމަށް ފެންނާތީ،" - މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ގެ އެ ޕޯސްޓާ ގުޅޭގޮތުން ވިދާޅުވީ، އެގޮތަށް އެކަން ކުރުމަށް ނިންމާފައިނުވާ ކަމަށާއި، ނަމަވެސް އެއީ އެކަމަށް އާއްމުންގެ ހިޔާލު ހޯދުމަށް ކުރެއްވި ޕޯސްޓެއް ކަމަށެވެ.

މިނިސްޓަރ ގެ މި ޕޯސްޓަށް ގިނަ ބަޔަކު އަންނަނީ ކޮމެންޓުކުރައްވަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް އަދި ނޭޕާލްގެ މީހުން ގިނަ ކަން ފާހަގަކޮށް އެގައުމުތަކުގެ ބަހުން ހުތުބާ ކިޔުމަށްވެސް ހިޔާލު ހުށަހަޅާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside