
Palestine
ޔަހޫދީ އިސްރާއީލުން އަނެއްކާވެސް ޣައްޒާއަށް ހަމަލާދޭން ފަށައިފިއެވެ.

ޔަހޫދީ އިސްރާއީލާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތާ ދެމެދު ހަމަލާތައް މެދުކަނޑާލައި، އަސީރުން ބަދަލުކުރުމުގެ އެއްބަސްވުން ނިމުމާއެކު ޔަހޫދީ އަސްކަރިއްޔާއިން ވަނީ ޣައްޒާގެ އިމާރާތްތަކަށް ހަމަލާދޭން ފަށާފައެވެ.
އެގޮތުން އަލުން ހަމަލާދޭން ފެށިފަހުން މިހާތަނަށް 21 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފަށާފައިވާއިރު، ގަތަރާއި މިސްރުން އަދިވެސް ގެންދަނީ ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު ވާހަކަ ދައްްކަމުންނެވެ.
އިތުރު ތަފްސީލު އަންނަނީ...




