logoEN
Sto top
ޕާކިސްތާނުގެ ފާމިކްސް ލެބޯރެޓަރީސް ކުންފުނި ރާއްޖޭގައި ބޭންކޮށްފި

ޕާކިސްތާނުގެ ފާމިކްސް ލެބޯރެޓަރީސް ކުންފުނި ރާއްޖޭގައި ބޭންކޮށްފި

އައިޝަތު އިފާޝާ

logo

12/1/2023, 9:20:30 AM

img_md_202311120436191699788979.8034

ޕާކިސްތާނުގެ ފާމިކްސް ލެބޯރެޓަރީސް ކުންފުނި، ރާއްޖޭގައި ބޭންކޮށް އެކުންފުނީގެ ބޭސްތައް ވިއްކުން މަނާކޮށްފިއެވެ.

Wamco

ފާމިކްސް ލެބޯރެޓަރީސް ކުންފުނި ބޭންކޮށް އެކުންފުނިން އުފައްދާ ބޭސް ރާއްޖެ އެތެރެކޮށް ވިއްކުމާއި ބޭނުން ކުރުން މަނާކުރީ ބައެއް ބޭސްތަކުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތަލިން ގްލައިކޯލް(DEG) އަދި އިތައިލީން ގްލައިކޯލް (EG) ހިމެނޭކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީން އަންގާވާފައިވާތީއެވެ.

ފުންޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ މިގޮތަށް ނިންމީ ދުނިޔޭގެ އެހެން ޤައުމުތަކުންވެސް މިކުންފުނީގެ ދިޔާބޭހުގައި ކެމިކަލްގެ މިދެމާއްދާ ހިމެނޭކަމަށް އެލަރޓް ކުރުމުގެ އިތުރުން ރާއްޖޭގެ މާކެޓްގައި ހުރި މިކުންފުނީގެ 2 ބޭހަކުންވެސް ކެމިކަލް ފެނުމުގެ ސަބަބުން ކަމަށެވެ.އ

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޕާކިސްތާނުގެ ފާމިކްސް ލެބޯރެޓަރީސް ކުންފުނިން އުފައްދާ ދިޔާ ބޭސް ރާއްޖެއަށް އެތެރެކޮށް ވިއްކާ ބޭނުން ކުރުމަކީ މަނާކަމެއް ކަަމަށް އެއޮތޯރީޓިން ބުނެއެވެ. އަދި އެކުންފުނިވަނީ ރާއްޖޭގައި ބޭންކޮށްފައެވެ.

ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ޕާކިސްތާނުގެ ފާމިކްސް ލެބޯރެޓަރީސްގެ 27 ބޭހެއް ހިމެނެއެވެ.

މި ބޭސްތައް ފާމަސީތަކުން ނަގާ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީންވަނީ އަންގާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside