logoEN
Sto top
ޒަމްޒަމް ފާރިޝް ދަރިވަރުންތަަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި

ޒަމްޒަމް ފާރިޝް ދަރިވަރުންތަަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި

އައިޝަތު އިފާޝާ

logo

11/30/2023, 11:37:51 PM

download

އަރަބިއްޔާ ސްކޫލްގެ ޓީޗަރެއް ކަމަށްވާ ޒަމްޒަމް ފާރިޝް، އެ ސްކޫލްގައި ކިޔަވާ ދަރިވަރުންތަަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

Wamco

އެޑިއުކޭޝަން މިނިސްޓްރީއާއި ޖެންޑާ މިނިސްޓްރީން ފުލުހުންނަށް ހުށަހަޅާފައިވާ މިމައްސަލައާ ގުޅިގެން މިހާތަނަށް ރަސްމީ އިދާރާއެއްގެ ބަހެއް ލިބިފައިނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޒަމްޒަމް ފާރިޝްގެ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަނީ މިމައްސަލައިގެ ތަހުގީގު ފަށައި، ޖިންސީ ފުރައްސާރައާ ކުރިމަތިވި ކަމަށް ބުނާ ދަރިވަރުންގެ ބަޔާންތައް ނަގާފައެވެ.

އޭނާގެ މައްޗަށް ކުރަނީ އަންހެން ދަރިވަރުންނަށް ޖިންސީ ފުރައްސާރަވާ ގޮތަށް ވާހަކަ ދެއްކުމާއި ގުޅުން ބަދަހިކުރުމަށް އެކި ގޮތްގޮތުން މުއާމަލާތް ކުރުމުގެ ތުހުމަތުތަކެވެ. އޭގެ އިތުރުން ބައެއް ފިރިހެން ކުދިންނަށް ފުރައްސާރަކޮށްފައިވާ ކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކޮށްފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside