logoEN
Sto top
ޣައްޒާގައި ފިލްޑް ހޮސްޕިޓަލެއް ގާއިމްކުރުމަށް ޔޫއޭއީއާއި އިޓަލީއިން މަޝްވަރާކުރަނީ

ޣައްޒާގައި ފިލްޑް ހޮސްޕިޓަލެއް ގާއިމްކުރުމަށް ޔޫއޭއީއާއި އިޓަލީއިން މަޝްވަރާކުރަނީ

އަހުމަދު ޝުރާއު

logo

11/30/2023, 6:58:14 PM

Migration to southern Gaza Strip through the 'safe passage corridor' continues

ޔަހޫދީންގެ ހުއްޓުމެއްނެތި ދެމުން އައި ހަމަލާތަކާއި ގުޅިގެން ސުންނާފަތި ވެފައިވާ ޣައްޒާގައި ފިލްޑް ހޮސްޕިޓަލެއް ގާއިމްކުރުމަށް ޔޫއޭއީއާއި އެކު މަޝްވަރާކުރަމުން އަންނަކަމަށް އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

Wamco

އަލް ޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ އެކު ޣައްޒާގައި ފީލްޑް ހޮސްޕިޓަލެއް ގާއިމުކުރުމަށް ވިސްނަމުންދާ ކަމަށް އިޓަލީ ސަރުކާރުން ހާމަކޮށްފައިވާ ކަމަށެވެ.

އިޓަލީން މިހާތަނަށް ދެ މަތިންދާބޯޓެއްގައި އެ ސަރަހައްދަށް އިންސާނީ ސާމާނު ފޮނުވާފައިވާއިރު ނޭވީ ހޮސްޕިޓަލްގެ އުޅަނދެއް ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު މިސްރުގެ ބަނދަރު ކަމަށްވާ އެލް އަރީޝްގައި ބަނދަރު ކުރާނެ ކަމަށްވެސް ވަނީ ބުނެފައި އެވެ.

"ގަތަރާއި އެހެން ގައުމުތަކުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން. މި އުޅަނދުގައި މަސައްކަތް ކުރާނެ ކަމަށް ބެލެވޭ،" އިޓަލީ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޣައްޒާގައި ގާއިމްކުރަން ވިސްނަމުންދާ ފިލްޑް ހޮސްޕިޓަލުގެ މަޝްވަރާތައް ޔޫއޭއީއާއި އެކު ކުރަމުންދާއިރު މި ހޮސްޕިޓަލް ގާއިމްކުރާނީ ޣައްޒާގެ ކޮން ސަރަހައްދެއްގައި ކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޔަހޫދީ އިޒްރޭލުން ހުއްޓުމެއްނެތި ދެމުން އައި ހަމަލާތައް ހުއްޓާލިތާ މާދަމާއަށް ހަފްތާއެއް ވާއިރު ޣައްޒާއިން 15،000 އަށްވުރެ ގިނަ މީހުން ޔަހޫދީންގެ ހަމަލާތަކުގައި ވަނީ ޝަހީދުވެފައި އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside