logoEN
Sto top
މޭޔަރު ކަމުގެ ޕްރައިމެރީއަށް އާޒިމް ފޯމު ހުށަހަޅުއްވައިފި

މޭޔަރު ކަމުގެ ޕްރައިމެރީއަށް އާޒިމް ފޯމު ހުށަހަޅުއްވައިފި

އަހުމަދު ޝުރާއު

logo

11/30/2023, 6:37:41 PM

Screenshot 2023-11-30 at 18.35.15

މާލެ ސިޓީ ކައުންސިލުގެ މޭޔަރުހޮވުމަށް ބާއްވާ އިންތިހާބަށް އެމްޑީޕީގެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމެރީގައި ވާދަކުރުމަށް އާދަމް އާޒިމް ފޯމު ހުށަހަޅުއްވައިފި އެވެ.

Wamco

ނިމިދިޔަ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯކަން ކުރެއްވި އާދަމް އާޒިމް އެމްޑީޕީ ޕްރައިމެރީގައި ވާދަކުރުމަށް ފޯމު ހުށަހެޅުއްވީ މިއަދު މެންދުރުގެ ވަގުތެއްގައި އެވެ. އާޒިމްގެ ފޯމާއި އެމްޑީޕީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެވެ.

ފޯމު ހުށަހެޅުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އާޒިމް ވިދާޅުވީ އިންތިހާބުވެއްޖެނަމަ ހުރިހާ ރައްޔިތުންގެ އަޑު އަހައިގެން މާލެ ބަދަލުކޮށް މާލެ ސިޓީ އަކީ މީހުން ދިރިއުޅޭ ހިތްވާ ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކުރީ ސަރުކާރުން ގެންގުޅުނު ޕްލޭނު ތަންފީޒުކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

އަދި މި ސަރުކާރުން ފުށިދިއްގަރުފަޅު ހިއްކަން ކުރާ މަސައްކަތަކީ މިވަގުތަށް މުހިއްމު ކަމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ފައިސާ ބޭކާރު ކުރުން ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމްގެ އިތުރުން މާލެ ސިޓީ މޭޔަރުގެ މަގާމަށް އެމްޑީޕީގެ ފަރާތުން ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްވެސް ވާދަކުރައްވާނެކަން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މަހްލޫފް އަދި މިހާތަނަށް ފޯމު ހުށަހަޅުއްވާފައެއް ނުވެއެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުއިއްޒު މި މަހުގެ 17 ވަނަ ދުވަހު ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC