
White Alert
މޫސުން ގޯސްވެ ރާއްޖޭގެ ދެކުނާއި މެދު ރާއްޖެތެރޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
އެގޮތުން މިއަދު ހަވީރު 16:15 އިން ފެށިގެން މިރޭ 22:15 އާ ހަމައަށް އެސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަކުރާނެއެވެ.
އެގޮތުން އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި، މެދުރާއްޖެ ތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް އެއިދާރާއިން ލަފާކޮށްފައިވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށްވެސް އެއިދާރާއިން ހާމަކޮށްފައިވެއެވެ.