
އެމެރިކަން އެކްސްޕްރެސް ކާޑުން ވިޔަފާރިކޮށްގެން ކޮންމެ ހަފްތާއަކު ބޮޑު އިނާމެއް
https___www.bankofmaldives.com.mv_storage_article_661_7403_1701342573.17013425731923
ބޭންކް އޮފް މޯލްޑިވްސް އިން އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ޕްރޮމޯޝަން އެއް ލޯންޗްކޮށްފިއެވެ.

މި ޕްރޮމޯޝަން އަކީ ބީއެމްއެލް އިން ދޫކޮށްފައިވާ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފްކުރެވުނު ޕްރޮމޯޝަނެއް ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.
މި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ 2 ފަރާތަކަށް 25،000 ރުފިޔާގެ އަގުހުރި ގިފްޓް ބަންޑަލް އެއް ލިބޭނެއެވެ. އަދި އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް ފިޓްނަސް، ކަލިނަރީ، ވެލްނަސް އަދި އެންޓަރޓެއިންމަންޓާ ގުޅުންހުރި ގިފްޓް ބަންޑަލް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.
މި ޕްރޮމޯޝަން ކުރިޔަށްދާނީ 1 ޑިސެންބަރު އިން 31 ޑިސެންބަރު 2023 ގެ ނިޔަލަށެވެ.