logoEN
Sto top
ހަމަލާތައް ބަދަލުކުރުން އިތުރު 24 ގަޑިއިރަށް ހުއްޓާލުމަށް އެއްބަސްވެއްޖެ

ހަމަލާތައް ބަދަލުކުރުން އިތުރު 24 ގަޑިއިރަށް ހުއްޓާލުމަށް އެއްބަސްވެއްޖެ

އައިޝަތު އިފާޝާ

logo

11/30/2023, 12:01:23 PM

Palestine

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތާއި، ޔަހޫދީ އިސްރާއީލާ ދެމެދު ހަމަލާތައް ބަދަލުކުރުން އިތުރު 24 ގަޑިއިރަށް ހުއްޓާލުމަށް އެއްބަސްވެއްޖެއެވެ.

Wamco

ގަތަރާއި މިސްރުގެ މެދުވެރިކަމުގެ ދަށުން ޔަހޫދީ އިސްރާއީލާއި ހަމާސް ޖަމާއަތާ ދެމެދު މިދިޔަ ހުކުރު ދުވަހުން ފެށިގެން ހަމަލާތައް ބަދަލުކުރުން ހުއްޓާލައި، ޣައްޒާއަށް އެހީގެ ޓްރަކްތައް ވެއްދުމާއި، ދެފަރާތުން ހައްޔަރުކޮށްފައިވާ މީހުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ އެއްބަސްވެފައިވަނީ 4 ދުވަހަށެވެ.

އޭގެ ފަހުގައި އިތުރު ދެ ދުވަހަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން މިއަދަށް ހަމަވާއިރު، އިތުރު 24 ގަޑިއިރަށް ހަމަލާތައް ބަދަލުކުރަން ދެފަރާތުން އެއްބަސްވެފައިވާކަން ގަތަރުން ވަނީ ހާމަކޮށްފައެވެ.

އަސީރުން ބަދަލުކުރުމުގެ މަރުހަލާތައް ކުރިއަށްދާއިރު، ޔަހޫދީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިންގަމުންދާ ހަަމަނުޖެހުންތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ވަނީ ރަހީނުކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޔަހޫދީން ރަހީނުކޮށްފައިވާ މީހުންގެ ތެރެއިން މިނިވަންކުރި މީހުންގެ އަދަދާ އެއްވަރަކަށް ވޭތުވެދިޔަ 6 ދުވަސްތެރޭ ޔަހޫދީން ވަނީ އަލުން ރަހީނުކޮށްފައެވެ.

ވަގުތީ ގޮތުން ހަމަލާތައް މެދުކަނޑާލަން އިސްރާއީލާއި ހަމާސް ޖަމާއަތާ ދެމެދު އެއްބަސްވެފައިވީ ނަމަވެސް، ހަމަލާދިނުން އެއްކޮށް ހުއްޓާލާނެ ކަމުގެ އިޝާރާތެއް އިސްރާއީލުން ނުދެއެވެ. އިސްރާއީލުން ބުނަމުންގެންދަނީ ޣައްޒާގައި ހިންގަމުންދާ އޮޕަރޭޝަން ކުރިއަށް ގެންދަން ޖެހޭ ކަމަށާއި، ހަމާސް ޖަމާއަތް ނައްތާލަން ޖެހޭ ކަމަށެވެ.

މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ފަަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަަމަލާތަކުގައި މިހާތަނަށް 15،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside