logoEN
Sto top
އާރުޓީއެލް ޑިޖިޓަލް ވޮލެޓް ތައާރަފްކޮށްފި

އާރުޓީއެލް ޑިޖިޓަލް ވޮލެޓް ތައާރަފްކޮށްފި

އަލްފާ އަލީ

logo

11/29/2023, 10:29:51 PM

4

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އެޕްލިކޭޝަން އަށް ޑިޖިޓަލް ވޮލެޓެއް ތައާރަފްކޮށްފި އެވެ.

Wamco

އެމްޓީސީސީން ތައާރަފްކުރި ޑިޖިޓަލް ވޮލެޓަކީ ފައިސާ ރައްކާކޮށްފައި ބެހެއްޓޭ ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމެކެވެ. އެގޮތުން ބޭންކު ކާޑުތައް ބޭނުންކޮށްގެން އާރުޓީއެލް ވޮލެޓަށް ފަސޭހަކަމާއެކު ފައިސާ ޖަމާކޮށްލެވޭނެ އެވެ.

މި ފީޗާ ބޭނުން ކުރެވޭނީ އާރުޓީއެލް އެޕްލިކޭޝަންގައި ރަޖިސްޓާ ކޮށްފައިވާ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ވެރިފައިކޮށްފައި ތިބޭ ކަސްޓަމަރުންނަށެވެ. އެގޮތުން ވެރިފައިކޮށްފައިވާ ފަރާތްތަކުގެ ޕްރޮފައިލްގައި އީމެއިލް އާއި ފޯން ނަންބަރާ ދިމާލުގައި ފެހި ކުލައިގެ ހެޔޮ ފާހަގައެއް ފެންނަން ހުންނާނެ އެވެ.

ވޮލެޓަށް ފައިސާ ޖަމާކުރުމަށްފަހު 'ސްކޭން އެންޑް ރައިޑް' އަށް ފިއްތާލުމުން ދަތުރުތަކުގައި ޓިކެޓެއްގެ ގޮތުގައި ބޭނުންކުރެވޭ ކިއުއާރު ކޯޑެއް ޖެނެރޭޓް ކޮށްދޭނެ އެވެ. އާރުޓީއެލް ވޮލެޓުގައި އެކަށީގެންވާ ވަރަށް ފައިސާ ހުރިހާ ހިނދަކު އެ ކިއުއާރު ކޯޑު ސައްހަ ވާނެ އެވެ.

އެމްޓީސީސީން އަންނަނީ އެކުންފުނީގެ އާރުޓީއެލް ހިދުމަތް ހޯދަމުން އަންނަ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމުގެ ގޮތުން ތަފާތު އެތައް ހިދުމަތްތަކެއް ތައާރަފްކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside