
ފަލަސްތީނުގެ 8 އަހަރުގެ ކުއްޖަކާއި 15 އަަހަރުގެ ކުއްޖެއްގެ ގަޔަށް ޔަހޫދީން ބަޑިޖަހައި ޝަހީދުކޮށްލައިފި
New Project (8)
ޔަހޫދީ އިސްރާއީލުން ހުޅަނގު އައްސޭރީގެ ޖެނިން ސިޓީއާއި އެ ސިޓީގެ ކޭމްޕަށް ދެމުންގެންދާ ހަމަލާތަކުގައި ފަަލަސްތީނުގެ ދެ ކުޑަކުދިން ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، ޖެނިން ސިޓީގައި ހަރަކާތްތެރިވާ ޔަހޫދީ ސިފައިން ބަޑިޖެހުމުގެ ސަބަބުން ޝަހީދުވެފައިވަނީ އުމުރުން 8 އަހަރުގެ އާދަމް ސަމީރު އަލް ޣޫލް އާއި، އުމުރުން 15 އަހަރުގެ ބާސިލް ސުލައިމާން އަބޫ އަލް ވަފާ ކަމަށެވެ.
ޖެނިން ކޭމްޕުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ސިފައިން ބަޑީގެ ހަމަލާތަކެއް ދެމުންދިޔައިރު، އެސަރަހައްދުން ފަަލަސްތީނުގެ ރައްޔިތުން ހުސްކުރުމުގެ މަސައްކަތް ޔަހޫދީން ގެންދަނީ ކުރަމުންނެވެ.
އަދި ޔަހޫދީ ސިފައިން ވަނީ ޖެނިން ރެފިއުޖީ ކޭމްޕުގެ ތަންތަން ބަލައި ފާސްކޮށް އެތައް ބަޔަކު ހައްޔަރުކޮށްފައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ޔަހޫދީން ވަނީ އެސަރަހައްދުގެ ބައެއް ގެ ތަކާއި އިމާރާތްތައް ތަޅާލައި، ފެނާއި ކަރަންޓާއި ނަރުދަމާ ނެޓްވޯކް ފަދަ އިންފްރާސްޓްރަކްޗާ ތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.