logoEN
Sto top
ޕޯޓަލް ތެރެއިން މާކްސް ބަދަލުކޮށް ފްލެޓު ދީފައި އެބަހުރި - އޭސީސީ

ޕޯޓަލް ތެރެއިން މާކްސް ބަދަލުކޮށް ފްލެޓު ދީފައި އެބަހުރި - އޭސީސީ

އައިޝަތު އިފާޝާ

logo

11/29/2023, 8:23:03 PM

GAFsOWeaoAA5mGk

ފްލެޓަށޤ ޝަރުޠު ހަމަނުވާކަމަށް ގެދޮރުވެރިޔާ ޕޯޓަލުން ދެއްކިނަމަވެސް، ސްޕަވައިޒްކުރާ މީހުން ޕޯޓަލުގެ ތެރެއިން ޕޮއިންޓުތަކަށް ބަދަލުގެނެސް ޝަރުތު ހަމަވާކަމަށް ކަނޑައަޅަފައިވާކަން ހާމަވެފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ވިދާޅުވެއްޖެއެވެ.

Wamco

ކުރީ ސަރުކާރު ނިމެން ކައިރިވެފައިވަނިކޮށް، އަވަސް އަރުވާލައިގެން ފްލެޓު ދޫކުރުމުގެ މަސައްކަތް ކުރިނަމަވެސް، އޭސީސީން ވަނީ އެކަން ހުއްޓުވާފައެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެކޮމިޝަން ވަނީ ޙާޒިރުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ނާއިބު ރައީސް ޢަބްދުއްސަލާމް ވިދާޅުވީ، ފްލެޓްގެ ފައިނަލް ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި ހައުސިން މިނިސްޓްރީއަށް 7000އަށްވުރެ ގިނަ ޝަކުވާ ހުށައެޅިކަމަށެވެ. އަދި އޭސީސީއަށްވެސް 300އަށްވުރެ ގިނަ ޝަކުވާ ހުށައަޅާފައިވާކަމަށް ސަލާމް ވިދާޅުވިއެވެ.

ފްލެޓް ލިބޭކަމަށް މީހުން ހޮވުމަށް ޕޮއިންޓް ދިން ގޮތުގެ ތަފްސީލް އާއްމުކުރުމަށް އޭސީސީން މިނިސްޓްރީއަށް ފުރަތަމަ އަންގާފައިވަނީ ނޮވެމްބަރު 5ވަނަ ދުވަހުއެވެ. ނަމަވެސް އެފަހަރު ފްލެޓާއި ގުޅޭ މަސައްކަތް ހުއްޓާލުމަށް އޭސީސީން އަންގާފައެއް ނުވެއެވެ.

މަޖިލީހުގެ ކޮމިޓީގައި ސަލާމް ވިދާޅުވީ، ނޮވެމްބަރު 15ވަނަ ދުވަހު ފްލެޓާއި ގުޅޭ މަސައްކަތްތައް ހުއްޓާލުމަށް އޭސީސީން އެންގީ، ފުރަތަމަ ހުށައެޅުމުގައި ހިމެނޭ ގިނަ ކަންތައްތަކެއް އިސްލާހުނުކޮށް އަދި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެ މަސައްކަތް ކުރިއަށްދާކަމަށް ޝައްކު ކުރެވިގެންކަމަށެވެ. ކޮރަޕްޝަނެއް ހިންގާ ނިމުމާއި، ހިނގަމުންދާއިރާއި އަދި އެފަދަ ކަމަކަށް ޝައްކުވާހިނދުވެސް މައްސަލަ ބެލުމުގެ ބާރު ޤާނޫނުން އެކޮމިޝަނަށް އޮންނަކަން ސަލާމް ފާހަގަކުރެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside