logoEN
Sto top
ޕަރސެޕޮލިސް އާއި އެއްވަރުވެ، ގްރޫޕް އީގެ އެއްވަނަ އަލް ނަސްރު އިން ކަށަވަރުކޮށްފި

ޕަރސެޕޮލިސް އާއި އެއްވަރުވެ، ގްރޫޕް އީގެ އެއްވަނަ އަލް ނަސްރު އިން ކަށަވަރުކޮށްފި

ހަސަން ޝަމްއޫން

logo

11/28/2023, 9:23:38 AM

IMG_20231128_092307

އޭއެފްސީ ޗެންޕިްއަންސް ލީގް ގުރޫޕް އީގައި ހޯމަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 0-0 ގެ ނަތީޖާއަކުން އީރާންގެ ޕަރސެޕޮލިސް އާއި އެއްވަރުވެ، ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އަލް ނަސްރު އިން މުބާރާތުގެ ދެވަަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

Wamco

މިދެޓީމު އީރާނުގައި ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އަލް ނަސްރު އިން ކާމިޔާބުކޮށްފައި ވާއިރު، ރޭގެ މެޗުގެ ވަރަށް ކުރީކޮޅު ޕަރސެޕޮލިސްގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއެއް ފައުލުކުރިކަމަށް ނިންމައި، ރެފްރީ ވަނީ އަލް ނަސްރަށް ޕެނަލްޓީއެއް ދީފައެވެ.

ނަމަވެސް އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އަތުގެ އިޝާރާތުން އެއީ ގަސްދުގައި ކުރި ފައުލެއް ނޫންކަށް ބުނެފައެވެ. އެއާއެކު މެޗުގެ ރެފްރީ ވަނީ ވީއޭއާރުގެ އެހީތެރިކަމާއެކު އެނިންމުން ބަދަލުކޮށްފައެވެ.

މެޗު ފަށައިގެން އަލް ނަސްރު އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މެޗު ޑޮމިނޭޓުކުރަމުން ދަނިކޮށް އެޓީމަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ ފުރަތަަމަ ހާފުގެ 17 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު އަލީ ލަޖަމީ ކުރި ފައުލަކާއި ގުޅިގެން ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ. އަދި އެޓީމުން އެއްކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި ޕަރސެޕޮލިސް އިން ވަނީ ކުރިއަށް ޖެހި ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފު ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިހާފުގައި އަލް ނަސްރު އިން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. ނަމަވެސް ޕަރސެޕޮލިސް ގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

މިހާފުގައި ވެސް ޕަރސެޕޮލިސް އިން ތަނަވަސްކުރި ފުރުސަތުތަކުގެ ބޭނުން ނުކުރެވި މެޗުގެ ކުޅުން ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު 5 މެޗުން 13 ޕޮއިންޓް ހަމަކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އަލް ނަސްރު އިން ޖަގައެއް ކަށަވަރުކުރި އިރު، މިމެޗުން ލިބުނު ޕޮއިންޓާއެކު 5 މެޗުން 8 ޕޮއިންޓް ހަމަކޮށް ޕަރސެޕޮލިސް އިން ވެސް ވަނީ ބާކީ އެއް މެޗު އޮއްވައި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside