
އިސްރާއީލުގެ ހުއްދަ ނެތި ޣައްޒާއަށް ސްޓާލިންކްގެ ހިދުމަތް ނުދޭނެ ކަމަށް މަސްކް ބުނެފި
230118-elon-musk-jm-1031-21a09a copy
އިސްރާއީލުގެ ހުއްދަ ނެތި ޣައްޒާއަށް ސްޓާލިންކްގެ ހިދުމަތް ނުދިނުމަށް އީލޮން މަސްކް އެއްބަސްވެފައިވާ ކަމަށް އިސްރާއީލުގެ ކޮމިއުނިކޭޝަން މިނިސްޓަރާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ސްޓާލިންކަކީ މަސްކްގެ ހިއްސާ އޮންނަ ސްޕޭސްއެކްސް އިން ހިންގާ ސެޓެލައިޓް އިންޓަނެޓް ވެންޗާއެކެވެ. ސްޓާލިންކް ސެޓެލައިޓްތައް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބަކަށްވެސް އިންޓަރނެޓްގެ ހިދުމަށް ފޯރުކޮށްދިނުމަށް ފަސޭހަވެގެން ދެއެވެ.
ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އީލޮން މަސްކް މިވަގުތު ހުރީ އިސްރާއީލުގެ ވެރިރަށް ތެލް އަވީވްގައެވެ. މިކަމާ ގުޅިގެން މިހާތަނަށް މަސްކް އެއްވެސް އެއްޗެއް ހާމަކޮށްފައިނުވެއެވެ.
އިސްރާއީލުގެ ކޮމިއުނިކޭޝަން މިނިސްޓަރު ޝްލޯމޯ ކާހީ އެކްސްއާ ބެހޭ ގޮތުން ކުރެއްވި ޕޯސްޓެއްގައި ވަނީ ސްޓާލިންކް ސެޓެލައިޓް މެދުވެރިކޮށް ޣައްޒާއަށް ހިދުމަތް ދެވޭނީ ކޮމިއުނިކޭޝަން މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް އެއްބަސްވެވިފައިވާ ކަމަށް ބުނެ މަސްކް އަށް މަރުހަބާ ކިޔާފަ އެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ތެރެއިން މުވާސަލާތީ ޓަވަރުތައް ހަލާކުކޮށް، ޣައްޒާގެ އިންޓަރނެޓް ހިދުމަތް ވަނީ ކަނޑާލާފައެވެ
އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ، މަސްކްގެ އެކްސްގައި ޣައްޒާއަށް ސްޓާލިންކް ސެޓެލައިޓްތައް ބޭނުންކޮށް އިންޓަރނެޓްގެ ހިދުމަތް ދިނުމަށް ވަރުގަދަ ކެމްޕޭނެއް ކޮށްފައެވެ. އެކަމާ ގުޅިގެން އޭރު މަސްކް ވަނީ އިންސާނީ އެހީދޭ ޖަމިއްޔާ ޖަމާއަތްތަން ރަސްމީކޮށް އެދިއްޖެ ނަމަ ޣައްޒާއަށް ސްޓާލިންކް ހިދުމަތް ދިނުމަށް ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ.