logoEN
cocacola
15 ކުންފުންޏަކަށް ވެރިން ކަނޑައެޅުއްވިއިރު އަންހެން ބޭފުޅުން މަދުވުމުން ރައީސް މައުމޫން ފާޑުވިދާޅުވެއްޖެ

15 ކުންފުންޏަކަށް ވެރިން ކަނޑައެޅުއްވިއިރު އަންހެން ބޭފުޅުން މަދުވުމުން ރައީސް މައުމޫން ފާޑުވިދާޅުވެއްޖެ

އައިޝަތު އިފާޝާ

logo

11/27/2023, 2:04:51 PM

Maumoon

ސަރުކާރުގެ 15 ކުންފުންޏަކަށް ވެރިން ކަނޑައެޅުއްވިއިރު އަންހެން ބޭފުޅުން މަދުވުމުން ރައީސް މައުމޫންގެ ފާޑުވިދާޅުވެއްޖެއެވެ.

ގޮސިޔާ

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ، އެމަނިކުފާނުގެ ވެރިކަމެއްގައި ސަރުކާރުގެ އިސް މަގާމުތަކުގައި އަންހެނުންގެ ހިއްސާ ބޮޑުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މަގާމުތަކަށް ބޭފުޅުން އައްޔަންކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްމަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަމުން ގެންދަވާއިރު، އޭގެ ތެރޭގައި އަންހެނުން މަދުވުމަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންގެންދާ ކަމެކެވެެ.

ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ސަރުކާރުގެ 15 ކުންފުންޏަށް ވެރިން ކަނޑައެޅުއްވިއިރު އޭގެ ތެރޭގައި ތިއްބެވި ކަމަށް ވަނީ ހަމައެކަނި 2 އަންހެން ބޭފުޅުން! މިވަރު މާ މަދުކަމަށް ގިނަބަޔަކު ދެކޭ." ކަމަށެވެ.

މި ސަރުކާރުގެ ކެބިނެޓް އެކުލަވާލައްވާފައިވާއިރުވެސް، އަންހެން ވަޒީރުން މަދުވުމާއި ގުޅިގެން ގިނަ ބަޔަކު ގެންދަނީ އިންތިޚާބުގެ ދުވަސްވަރު ރައީސް ޑރ މުއިއްޒު ދެއްކެވި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ