ރާއްޖޭގެ އިމްޕޯޓްސް 51 ޕަސެންޓު ދަށްވެއްޖެ

މާލެ ވިޔަފާރި ބަނދަރު
މާލެ ވިޔަފާރި ބަނދަރު -- ފޮޓޯ: އަވަސް

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު މިދިޔަ މަހު ރާއްޖޭގެ  އިމްޕޯޓްސް 51 ޕަސެންޓު ދަށަށް ގޮސްފިއެވެ.

ކަސްޓަމްސް އިން ނެރުނު މިދިޔަ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވާ ގައުމުތަކަކީ އޮމާނާއި އިންޑިއާ އަދި ޗައިނާ އެވެ. އޮމާން އިން 287 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 270 މިލިއަން އަދި ޗައިނާއިން 261 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު އެތެރެކޮށްފައި ވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮކްޓޯބަރު މަހު މި އަދަދުވަނީ 2.1 ބިލިއަން ރުފިޔާ އަށް ދަށްވެފައެވެ.

މީގެއިތުރުން، މިދިއަ މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިއަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 41 ޕަސެންޓް ވަނީ ދަށްވެފައެވެ. އަދި 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 295 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮކްޓޯބަރު މަހު މި އަދަދުވަނީ 174 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.

ކޮމެންޓް

One Response

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް