logoEN
Sto top
އަސީރުން ބަދަލުކުރުމުގެ 3 ވަނަ މަރުހަލާގެ ދަށުން 13 ޔަހޫދީން މިނިވަންކޮށްފި

އަސީރުން ބަދަލުކުރުމުގެ 3 ވަނަ މަރުހަލާގެ ދަށުން 13 ޔަހޫދީން މިނިވަންކޮށްފި

އައިޝަތު އިފާޝާ

logo

11/26/2023, 10:18:14 PM

2023-11-24T141340Z_738121807_RC2QJ4AC8RD3_RTRMADP_3_ISRAEL-PALESTINIANS-HOSTAGES-1700835884 copy

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތާއި، ޔަހޫދީ އިސްރާއީލާ ދެމެދު ވަގުތީ ގޮތުން ހަމަލާތައް މެދުކަނޑާލައި އަސީރުން ބަދަލުކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ތިންވަނަ މަރުހަލާގައި ދޫކޮށްލުމަށް ހަމަޖެހިފައިވާ 13 ޔަހޫދީން ދޫކޮށްލައިފިއެވެ.

Wamco

މިސްރުގެ އަލް ޤަހެރާ ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމާސް ޖަމާއަތުން އިސްރާއީލުގެ 13 ގައިދީންނާއި އިތުރު ހަތަރު ބިދޭސީން ހިމެނޭ ގްރޫޕެއް ރެޑްކްރޮސްއާ ވަނީ ހަވާލުކޮށްފައެެވެ.

ޔަހޫދީ އިސްރާއީލުންވެސް ވަނި 13 ގައިދީޏް ރެޑްކްރޮސްއާއި ހަވާލުކޮށްފައިވާ ކަން ކަށަވަރުކޮށްދީފައެވެ. މިއަދު ދޫކޮށްލި ގައިދީންގެ ތެރޭގައި ނުވަ ކުޑަކުދިން ހިމެނެއެވެ.

އޭގެ އިތުރުން ތައިލެންޑަށް ނިސްބަތްވާ ތިން މީހަކާއި، އިސްރާއީލާއި ރަޝިޔާގެ ރަށްވެހިކަން އޮންނަ މީހަކު ހިމެނެއެވެ.

އަސީރުން ބަދަލުކުރުމުގެ ތިންވަނަ މަރުހަލާގެ ދަށުން ޔަހޫދީ އިސްރާއީލުން ރަހީނުކޮށްފައިވާ ފަލަސްތީނުގެ 39 މީހުން މިރޭ ދޫކޮށްލާނެ ކަމަށް ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މަޖީދު އަލް އަންސާރީ އާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside