
މެމްބަރޝިޕް ފޯމު ފުރުމުގެ ކަންތައް ކުރިއަށްދާއިރު، ރައީސް ޔާމީން ޕީއެންއެފްގެ އޮފީހުގައި
F_4AkS8WQAAdgIR
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަލަށް އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ މެމްބަރޝިޕް ފޯމް ފުރުމުގެ ކަންތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.

ޕީޕީއެމްއިން ވަކިވެވަޑައިގެން އަމިއްލަފުޅަށް އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ރައީސް ޔާމީން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއާއެކު ދެ ދުވަހުގެ ތެރޭ ޕާޓީގެ ނަމާއި ލޯގޯ ފާސްކޮށް މިއަދު ވަނީ ޕާޓީ އުފެއްދުމުގެ ކަންކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނާ މަޝްވަރާކުރައްވާފައެވެ.
ރައީސް ޔާމީންގެ ދަރިކަލުން ޒޭން އަބްދުالله ޔާމީންގެ ނަމުގައި އުފައްދާ މި ޕާޓީއަށް ފޯމު ފުރުން މިރޭ 21:00 އިން ފެށިގެން އެޕާޓީގެ އޮފީސް ހ.ހުރަފާ ގޭގެ 3 ވަނަ ފަންގިފިލާގައި ކުރިއަށްދާއިރު، ރައީސް ޔާމީން މިވަގުތު ހުންނެވީ އެޕާޓީގެ އޮފީހުގައެވެ.
ޕީޕަލްސް ނެޝަނަލް ފްރޮންޓް އުފެއްދުމުގައި އުޅުއްވާ މުއައްސިސުން
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު
މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ
އަދްލީ އިސްމާއީލް
ޑރ. ޖިހާދު ހަސަން
އަލީ އާދަމް، ކަކާގެ
ޕީއެންއެފްގެ ލޯގޯ އާއި ކުލަ ރައީސް ޔާމީން މީގެކުރިން އުފެއްދެވި ޕީޕަލްސް އެލަޔަންސް ނަމާއި ކުލައާއި ވަރަށް ބޮޑަށް އެއްގޮތެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމުން ވަކިވެ އައު ޕާޓީއެއް ހެއްދެވުމަށް ރައީސް ޔާމީން ނިންމެވީ ޕާޓީގެ ލީޑަރޝިޕުން އެމަނިކުފާނު އެއްފަރާތް ކޮށްފައިވާ ކަމަށް ވިދާޅުވެއެވެ.