logoEN
Sto top
އެމެރިކާގައި ފަލަސްތީނުގެ ތިން ދަރިވަރެއްގެ ގަޔަށް ބަޑިޖަހައި ޒަހަމްކޮށްލައިފި

އެމެރިކާގައި ފަލަސްތީނުގެ ތިން ދަރިވަރެއްގެ ގަޔަށް ބަޑިޖަހައި ޒަހަމްކޮށްލައިފި

އައިޝަތު އިފާޝާ

logo

11/26/2023, 8:14:44 PM

community-support-officer-1-20220412 copy

އެމެރިކާގައި ތައުލީމު ހާސިލުކުރަމުންދާ ފަަލަސްތީނުގެ ތިން ދަރިވަރެއްގެ ގަޔަށް ބަޑިޖަހައި ޒަޚަމްކޮށްލައިފިއެވެ.

Wamco

ބަޑި ޖަހައި ޒަޚަމްކޮށްލާފައިވަނީ، އެމެރިކާގެ ވާމޮންޓްގެ ބާލިންޓަންގެ ބްރައުން ޔުނިވާސިޓީގައި ތައުލީމު ހާސިލުކުރަމުންދާ ހިޝާމް އަވަރްތާނީ އާއި ހެވާފޯޑް ޔުނިވާސިޓީގައި ތައުލީމު ހާސިލުކުރަމުންދާ ކިންނާން އަބްދުލް ހާމިދާއި ޓްރިނިޓީ ކޮލެޖުގައި ތައުލީމު ހާސިލުކުރަމުންދާ ތަހުސީނު އަހުމަދެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، އަވަރްތާނީގެ ބުރަކަށްޓަށް ބަޑި ޖަހާފައިވާއިރު، އަހްމަދުގެ މެޔަށް އަދި ހާމިދަށް ވަނީ ކުދި އަނިޔާ ލިބިފައެވެ.

މިއީ ނަފްރަތުގެ އަމަލެއް ކަމަށް އާއިލާއިން ސިފަކުރަމުން އަންނައިރު، މި ހަމަލާތައް ދިން ސަބަބު ދެނެގަނެވިފައި ނުވާ ކަމަށް އެމެރިކާގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ހަމަލާތައް ދެމުންގެންދާއިރު، އެމެރިކާއަކީ އިސްރާއީލަށް އެންމެ ބޮޑަށް ތާއީދުކުރާ ގައުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside