logoEN
Sto top
ސިންގަޕޫރަށް ވަޑައިގެންނެވީ ބޭސްފަރުވާއައަށް، ނިމުނު އަވަހަކަށް ރާއްޖެ ދާނަން - އަދީބު

ސިންގަޕޫރަށް ވަޑައިގެންނެވީ ބޭސްފަރުވާއައަށް، ނިމުނު އަވަހަކަށް ރާއްޖެ ދާނަން - އަދީބު

އަހުމަދު ޝުރާއު

logo

11/26/2023, 1:51:10 PM

Screenshot 2023-11-26 at 13.50.33

ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ސިންގަޕޫރަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަމަށްބުނެ ބައެއްް މީޑިއާތަކުން ރިޕޯޓްކުރަމުންދިޔުމާއި އެކު އޭނާ އެކަން ދޮގުކުރައްވައިފި އެވެ.

Wamco

އަދީބު ސިންގަޕޫރަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯޓްކުރީ މިއަދު އެވެ.

މިއާއި އެކު މިއަދު މެންދުރު އަދީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިންގަޕޫރުގައި ހުންނެވީ ބޭސްފަރުވާގެ ބޭނުމަކަށް ކަމަށެވެ. އަދި އެކަން ފުރިހަމަ ވުމުން އެނބުރި ރާއްޖެ ދާނެ ކަމަށް އަދީބު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ލޮބުވެތި ވަތަނަށް އެނބުރި ދާނަން، އެ ތަނުގައި އަޅުގަނޑުގެ ދެން ހުރި މަސައްކަތްތައް ވެސް ކުރާނީ، އަދި އެ ފަސްގަނޑުގައި އަޅުގަނޑުގެ ހަށިގަނޑު ވަޅުލާނީ ވެސް،" އަދީބު އެކްސްގައި ކުރި ޕޯސްޓްގައި ވިދާޅުވި އެވެ.

View post on Twitter

އެމްއެމްޕީއާރުސީ މައްސަލައިގައި ޖަލު ހުކުމެއް އިއްވާފައިވަނިކޮށް އަދަބު މާފުކޮށްދީ އަދީބު މިނިވަންކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside