logoEN
Sto top
އީ.އައި.އޭ ނުހަދައި މުރަކަ އާލާކުރުމުން 20،000 ރުފިޔާގެ ޖޫރިމަނާއެއް

އީ.އައި.އޭ ނުހަދައި މުރަކަ އާލާކުރުމުން 20،000 ރުފިޔާގެ ޖޫރިމަނާއެއް

އައިޝަތު އިފާޝާ

logo

11/26/2023, 12:59:24 PM

gjfgdyos-gallery-carousel

އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި ޖޯލި މުރަވަންދޫ (ރ.މުރަވަންދޫ) ގައި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާއި ގުޅިގެން 20،000 ރުފިޔާއިން އަލީ ބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފިއެވެ.

Wamco

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއިން ވިދާޅުވީ ރ.މުރަވަންދޫގައި މުރަކަ އާލާކުރުމުގެ މަސައްކަތް ބަލައި އެމައްސަލައާ ގުޅިގެން އެއްކުރެވުނު މަޢުލޫމާތުންނާއި، ދެފަރާތް ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް އަދި މިނިސްޓްރީ އޮފް ޓޫރިޒަމުން ހޯދި މަޢުލޫމާތުން އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި ޖޯލި މުރަވަންދޫގައި މުރަކަ އާލާކުރުމުގެ މަސައްކަތް އަލީ ބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފަށާފައިވާކަން އެ އެޖެންސީއަށް ޔަޤީންކުރެވިފައިވާ ކަމަށް އީޕީއޭއިން ވިދާޅުވެއެވެ.

އީއައިއޭ ފުރިހަމަ ކުރުމަކާ ނުލާ މުރަކަ އާލާ ކުރުމުގެ މަސައްކަތް ފެށުމުގެ ސަބަބުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ ދަށުން 20،000 ރުފިޔާއިން އަލީ ބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މިމަހުގެ 22 ވަނަ ދުވަހު ޖޫރިމަނާ ކޮށްފައިވާކަމަށް އީޕީއޭއިން ހާމަކުރައްވަފައިވެއެވެ. އަދި 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ އެއެޖެންސީއަށް ދެއްކުމަށް ވަނީ އަންގާފައެވެ.

އަދި، ޖޯލި މުރަވަންދޫގައި މުރަކަ އާލާކުރުމަށް މިހާރު ކުރެވިފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތަކާއި ގުޅިގެން މިހާރު ރަށުގެ ތިމާވެށީގެ ހާލަތު އީ.އައި.އޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށްފަހު އެކަމާގުޅޭ ރިޕޯޓެއް 30 ދުވަހުގެ ތެރޭގައި ހުށަހެޅުމަށްވެސް އެކުންފުންޏަށް އަންގާފައިވާކަމަށްވެސް އީޕީއޭއިން ވިދާޅުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC