logoEN
Sto top
ރައީސް ޔާމީންގެ ދަރިކަލުންގެ ނަމުގައި، ޕީއެންއެފް އުފެއްދުމުގެ ހުއްދައަށް އެދިއްޖެ

ރައީސް ޔާމީންގެ ދަރިކަލުންގެ ނަމުގައި، ޕީއެންއެފް އުފެއްދުމުގެ ހުއްދައަށް އެދިއްޖެ

އައިޝަތު އިފާޝާ

logo

11/26/2023, 12:44:14 PM

F_2AWzfaUAAYtnQ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަލަށް އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދެވުމުގެ ހުއްދައަށް އެދިއްޖެއެވެ.

Wamco

ޕީޕަލްސް ނެޝަނަލް ފްރޮންޓް އުފެއްދުމުގެ ހުއްދައަށް އެދުމަށް އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ޓީމުން މިއަދުވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ. އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރެއްވި ޓީމުގައި އިސްކޮށް ހުންނެވީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވާ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުއެވެ. މީގެއިތުރުން ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލްވެސް ހުންނެވިއެވެ.

ރައީސް ޔާމީން، އައު ސިޔާސީ ޕާޓީ އުފައްދަނީ އެމަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުالله ޔާމީންގެ ނަމުގައެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް އުފެއްދުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޕާޓީ އުފެއްދުމުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ޕާޓީ އުފެއްދުމުގައި އިސްކޮށް 8 މުއައްސިސުން ހިމެނޭކަމަށެވެ.

އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ގަވާއިދު އޮންނަ ގޮތުން ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެންމެ މީހަކަށް ދޭތީ މަޝްވަރާއަށްފަހު މުއައްސިސެއްގެ ގޮތުގައި ރައީސް ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ހަމަޖައްސަވާފައިވާ ކަމަށް މަލީހު ވިދާޅުވިއެވެ. އަދި ކުށުގެ ރިކޯޑުތަކާއި އިދާރީ ކަންކަން ފުރިހަމަވީހާ އަވަހަކަށް ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދޭނެ ކަމަށް މަލީހް ވިދާޅުވިއެވެ. މަލީހް ވިދާޅުވީ ޕާޓީ އުފެދުމާއެކު ކުރިއަށް އޮތް މާލޭސިޓީ މޭޔަރުކަމުގެ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.

"ޕާޓީ އުފެއްދުމުގައި އިސްކޮށް 8 މުއައްސިސެއް ތިއްބެވި. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޕާޓީ އުފެއްދުމަށް ހުއްދަދެވޭނީ 1 މުއައްސިސަކަށް ކަމަށް. އަޅުގަނޑުމެން މަޝްވަރާކުރުމަށްފަހު ނިންމީ ރައީސް ޔާމީންގެ ދަރިކަލުންގެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދުމަށް. އޭގެ އިތުރުން, ދެން މުއައްސިސުންގެ ގޮތުގައި ތިއްބަވާނީ ޔާމީނާއި, އެމަނިކުފާނުގެ ވެރިކަމުގައި ނައިބު ރައީސަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދާއި, ކުރީގެ ސީޕީ ހުސައިން ވަހީދާއި, މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ, އަދްލީ އިސްމާއީލް އާއި ޑރ. ޖިހާދު ހަސަނާއި ކަކާގޭ އަލީ އާދަމް. މިޕާޓީ އުފެދުމާއެކު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ރިކޯޑެއް މުގުރާލާނެ." މުހައްމަދު މަލީހު ޖަމާލު ވިދާޅުވިއެވެ.

ރައީސް ޔާމީން އެންމެ ފަހުން ހުންނެވި ޕީޕީއެމުން ވަކިވެވަޑައިގެން އައު ޕާޓީއެއް އުފައްދަވާކަން އެމަނިކުފާނުގެ ޓީމުން އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ. އަދި ރޭ ވަނީ އައު ސިޔާސީ ޕާޓީގެ ނަމާއި ލޯގޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside