logoEN
Sto top
ޔަހޫދީން ރަހީނުކުރި 33 ކުޑަކުދިންނާއި 6 އަންހެނުން މިރޭ ދޫކޮށްލާނެ

ޔަހޫދީން ރަހީނުކުރި 33 ކުޑަކުދިންނާއި 6 އަންހެނުން މިރޭ ދޫކޮށްލާނެ

އައިޝަތު އިފާޝާ

logo

11/26/2023, 12:47:20 AM

F_uAURpWEAA-EM1

ޔަހޫދީ އިސްރާއީލުން ރަހީނުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން 33 ކުޑަކުދިންނާއި 6 އަންހެނުން މިރޭ ދޫކޮށްލާނެ ކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ.

Wamco

ގަތަރާއި މިސްރު މެދުވެރިވެގެން ހަމާސް ޖަމާއަތާއި ޔަހޫދީ އިސްރާއީލާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކޮށްލުމަށް ހަމަޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ލިސްޓު މިހާރު ހަމާސް އިން ވަނީ އާންމުކޮށްފައެވެ.

ހަމާސް ޖަމާއަތުން ވަނީ، ޔަހޫދީ އިސްރާއީލުން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަަށްބުނެ ހައްޔަރުކޮށްފައިވާ ޔަހޫދީ ގައިދީން ދޫކޮށްލުން ލަސްކޮށްފައެވެ. އެކަމާ ގުޅިގެން އިސްރާއީލުން ވަނީ އަލުން ހަމަލާދޭން ފަށާނެ ކަމުގެ އިންޒާރު ދީފައެވެ.

ނަމަވެސް ގަތަރާއި މިސްރުން ވާހަކަ ދައްކައިގެން އަނެއްކާވެސް އެއްބަސްވުމާ އެއްގޮތަށް ދެ ފަރާތުންވެސް މީހުން ދޫކޮށްލުމަށް އެއްބަސްވެފައިވާއިރު، ހަމާސްގެ ހައްޔަރުގައި ތިބި އިސްރާއީލުގެ 8 ކުޑަކުދިންނާއި، 5 އަންހެނުންގެ އިތުރުން 7 ބިދޭސީން މިރޭ ދޫކޮށްލާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside