logoEN
Sto top
އިސްރާއީލު ސިފައިން ފަލަސްތީނުގެ ކުޑަކުއްޖަކު ހިމެނޭހެން ދެ މީހަކު ޝަހީދުކޮށްލައިފި

އިސްރާއީލު ސިފައިން ފަލަސްތީނުގެ ކުޑަކުއްޖަކު ހިމެނޭހެން ދެ މީހަކު ޝަހީދުކޮށްލައިފި

އައިޝަތު އިފާޝާ

logo

11/25/2023, 11:53:06 PM

fd72086f-cbee-4ace-9f5e-2d6f12f92914

އިސްރާއީލު ސިފައިން ފަލަސްތީނުގެ ކުޑަކުއްޖަކު ހިމެނޭހެން ދެ މީހަކު މިރޭ ޝަހީދުކޮށްލައިފިއެވެ.

Wamco

އަލްރާޒީ ހޮސްޕިޓަލްގެ ވެރިޔާ ޑރ.ފަވާޒް ހައްމާދު ވިދާޅުވީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިންގައި އިސްރާއީލު ސިފައިން ދިން ހަމަލާއެއްގައި އުމުރުން 21 އަހަރުގެ އައްމާރު އަބޫ އަލް ވަފާ އާއި 17 އަހަރުގެ އަހްމަދު އަބޫ އަލް ހައިޖާ ޝަހީދުކޮށްލާފައިވާ ކަމަށެވެ.

ހައްމާދު ވިދާޅުވީ އިތުރު ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށެވެ.

މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ދެމުންގެންދާ ހަަމަލާތަކުގައި މިހާތަނަށް 210 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside