logoEN
Sto top

ތިނަދޫގައި އިމާރާތަކުން ވެއްޓުނު މީހަކަށް ފަރުވާދެނީ

އަހުމަދު ޝުރާއު

logo

3/6/2021, 10:04:48 PM

ގދ ތިނަދޫގައި އިމާރާތް ކުރަމުން އަންނަ އިމާރާތަކުން ވެއްޓުނު މީހަކަށް އަނިޔާވެ ފަރުވާ ދޭން ފަށައިފި އެވެ.

Wamco

" ގާފު " އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވެއްޓިގެން ފަރުވާ ދެމުން އަންނަނީ ތިނަދޫގައި މިހާރު ކުރިޔަށްދާ އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތަށް ބެލުމަށްޓަކައި މުބާރާތް ކުރިޔަށްދާ ތިނަދޫ އާރު އަވަށު ދަނޑު ސަރަހައްދުގައި ހުރި އިމާރާތަކަށް އެރި މީހަކެވެ. އަދި އެމީހާއަށް ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގެންގޮސްފައި އެވެ.

އެ ސަރަހައްދުގައި ހުރި ގާފުގެ ނޫސްވެރިޔާ މައުލޫމާތު ދޭގޮތުގައި ވެއްްޓުނު މީހާގެ މޫނަށް ވަނީ ވަރަށްބޮޑަށް ގެއްލުންވެފައިއެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާގެ މޫނުން ވަރަށް ބޮޑަށް ލޭ އަންނަމުން ދިޔަ ކަމަށްވެސް ގާފުގެ ނޫސްވެރިޔާ މައުލޫމާތު ދެއެވެ.

އިތުރު ތަފްސީލް އަންނަނީ ...

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside