logoEN
Sto top
ހަމާސްއިން އިސްރާއީލަށް: ބާރުގެ ބޭނުންކޮށްގެން ގައިދީން މިނިވަން ކުރުމުގައި ކާމިޔާބީއެއް ނުލިބޭނެ

ހަމާސްއިން އިސްރާއީލަށް: ބާރުގެ ބޭނުންކޮށްގެން ގައިދީން މިނިވަން ކުރުމުގައި ކާމިޔާބީއެއް ނުލިބޭނެ

އައިޝަތު އިފާޝާ

logo

11/25/2023, 11:30:27 PM

Palestine

ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ހަމަލާދިނުން އަލުން ފަށާނެ ކަމުގެ އިންޒާރު ދިނުމުން ހަމާސް ޖަމާއަތުގެ ހަތިޔާރު އެޅި ގޮފިން އިސްރާއީލަށް ވަރުގަދަ ރައްދެއް ދީފިއެވެ.

Wamco

ޔަހޫދީ އިސްރާއީލުން ވަނީ، އެއްބަސްވެފައިވާ ގޮތަށް ގައިދީން މިރޭ 12 ޖަހާއިރު ދޫކޮށްނުލައިފިނަމަ ޣައްޒާއަށް އަލުން ހަަމަލާދޭން ފަށާނެ ކަމުގެ އިންޒާރު ދީފައެވެ.

ހަމާސްގެ ހައްޔަރުގައި ތިބި ޔަހޫދީން ދޫކޮށްލުން ލަސްކޮށްފައިވަނީ، އިސްރާއީލުން އެއްބަސްވުމާ ހިލާފުވެފައިވާތީ ކަމަށް ހަމާސްގެ ހަތިޔާރު އެޅި ގޮފިން ވަނީ ބުނެފައެވެ. އެގޮތުން އެހީގެ ޓްރަކްތައް އުތުރު ޣައްޒާއަށް ގެންދިއުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހުރަސް އަޅާފައިވާ ކަމަށާއި، ދެކުނު ޣައްޒާއަށް ދިޔަ މީހުން އެނބުރި އުތުުރު ޣައްޒާއަށް އެތެރެވުންވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ހުރަސް އަޅާފައިވާ ކަމަށް ހަމާސްއިން ބުނެފައިވެއެވެ.

އެކަމާއި ގުޅިގެން ހަމަލާތައް ދިނުން އަލުން ފަށާނެކަމުގެ އިންޒާރު އިސްރާއީލުން ދިނުމާއި ގުޅިގެން ހަމާސް އިން ވަނީ އިސްރާއީލުގެ އިންޒާރުތަކަކީ އެއްވެސް އަސާސެއް ނެތް ތާކުންތާކު ނުޖެހޭ އިންޒާރުތަކެއް ކަމަށާއި، ބާރުގެ ބޭނުންކޮށްގެން ގައިދީން މިނިވަން ކުރުމުގައި ކާމިޔާބީއެއް ނުލިބޭނެ ކަމަށް ބުނެފައެވެ.

އަދި ގަތަރާއި މިސްރުގެ މެދުވެރިކަމުގެ ތެރެއިން ވެވުނު ހަނގުރާމައިގެ އެއްބަސްވުން ތަންފީޒުކޮށް، އެ އެއްބަސްވުމުގެ ކާމިޔާބީ ކަށަވަރު ކުރާނެ ކަމުގެ ޔަހީންކަން ހަމާސް އިން ވަނީ ދީފައެވެ.

މިކަމާ ގުޅިގެން ގަތަރުން ގެންދަނީ އިސްރާއީލާއި ހަމާސްއާ އެކު ވީހާވެސް އަވަހަކަށް ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލައި، ދެބަސްވުންތަކަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންނެެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside