logoEN
Sto top
އެއްބަސްވުމާ ޚިލާފުވެ، އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދިނުން މިރޭ ފަށާނެކަމުގެ އިންޒާރު ދީފި

އެއްބަސްވުމާ ޚިލާފުވެ، އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދިނުން މިރޭ ފަށާނެކަމުގެ އިންޒާރު ދީފި

އައިޝަތު އިފާޝާ

logo

11/25/2023, 10:58:21 PM

skynews-israel-palestine_6205853

ހަމަލާތައް ހަތަރު ދުވަހަށް މެދުކަނޑާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފުވެ، އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފަށާނެ ކަމުގެ އިންޒާރު ދީފިއެވެ.

Wamco

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމާސް ޖަމާއަތުން ހައްޔަރުކޮށްފައިވާ ޔަހޫދީ ގައިދީންގެ ތެރެއިން ދެވަނަ ބެޗުގެ ގައިދީން މިރޭ 12 ޖަހާއިރު ދޫކޮށްނުލައިފިނަމަ އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ހަމަލާ ދިނުން އަލުން ފަށާނެ ކަމަށެވެ.

އިސްރާއީލުގެ މީޑިއާތަކުން މިގޮތަށް ރިޕޯޓުކޮށްފައިވީ ނަމަވެސް މިހާތަނަށް އިސްރާއީލުގެ އަސްކަރިއްޔާގެ ބަހެއް ލިބިފައިނުވެއެވެ.

ހަމާސް ޖަމާއަތުން ވަނީ އިސްރާއީލުން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ތުހުމަތުކޮށް ދެވަނަ ބެޗުގެ ގައިދީން ދޫކޮށްލުން ލަސްކުރާނެ ކަމަށް ބުނެފައެވެ.

ހަމާސް ޖަމާއަތުގެ ހަތިޔާރު އެޅި ގޮފި ޣައްސާމް ބްރިގޭޑުން ތުހުމަތު ކުރާ ގޮތަށް އިސްރާއީލުން އެއްބަސްވުމާ ޚިލާފުވެފައި ނުވާ ކަމަށް އިސްރާއީލުގެ ޑިޕްލޮމެޓިކް މަސްދަރުތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside