
އިސްރާއީލުން އެއްބަސްވުމާ ހިލާފުވެފައިވާތީ، ދެވަނަ ބެޗުގެ ގައިދީން ދޫކޮށްލުން ހަމާސްއިން މަޑުޖައްސާލައިފި
2023-11-24T141340Z_738121807_RC2QJ4AC8RD3_RTRMADP_3_ISRAEL-PALESTINIANS-HOSTAGES-1700835884 copy
ޔަހޫދީ އިސްރާއީލުން އެއްބަސްވުމާ ހިލާފުވެފައިވާތީ، ދެވަނަ ބެޗުގެ ގައިދީން ދޫކޮށްލުން ހަމާސްއިން މަޑުޖައްސާލައިފިއެވެ.

ހަމާސްގެ ހަތިޔާރު އެޅި ގޮފިން ބުނީ، ހަނގުރާމައިގެ އެއްބަސްވުމުގެ ޝަރުތުތަކަށް އިސްރާއީލުން ބޯނުލަނބާ ކަމަށާއި، އެހެން ކަމުން ދެވަނަ ބެޗުގެ ގައިދީން ދޫކޮށްލުން ލަސްކުރާނެ ކަމަށެވެ.
ޓެލެގްރާމްގައި ހަމާސްގެ ހަތިޔާރު އެޅި ގޮފިން ނެރުނު ބަޔާނެއްގައި ބުނީ، އިސްރާއީލުން އެހީގެ ޓްރަކްތަކަށް ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް ވަނުމުގެ ހުއްދަ ދިނުމާއި، އިސްރާއީލުން ރަހީނުކޮށްފައިވާ ފަަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމަށް އެއްބަސްވި "ކްރައިޓީރިއާ" އަށް ތަބާވާން ޖެހޭ ކަމަށެވެ.
އިސްރާއީލާއި ހަމާސް ޖަމާއަތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ފަލަސްތީނުގައި ޔަހޫދީ އަސްކަރިއްޔާއިން ހިންގާ އެއްވެސް އަސްކަރީ ހަރަކާތެއް ހިންގުމަކީ އެއްބަސްވުމާ ޚިލާފުވާނެ ކަމެކެވެ. ނަމަވެސް މިއަދުގެ ވަގުތުތަކުގައިވެސް އިސްރާއީލުން ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ބަލައި ފާސްކުރުމާއި، ޣައްޒާގައި އަސްކަރީ ޑްރޯންތައް ދުއްވާފައެވެ.
ހަމާސް ޖަމާއަތުން ވަނީ އެއްބަސްވެފައިވާ ގޮތަށް އިސްރާއީލުން ހަމަލާތައް ދިނުން ހުއްޓާލުމާއެކު ހައްޔަރުކޮށްފައިވާ ޔަހޫދީ ގައިދީންގެ ތެރެއިން 25 މީހުން ދޫކޮށްލާފައެވެ. އޭގެ ބަދަލުގައި ޔަހޫދީ އިސްރާއީލުން ވަނީ ރަހީނުކޮށްފައިވާ 39 މީހުން ދޫކޮށްލާފައެވެ.