logoEN
Sto top
އެޑިއުކޭޝަން މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

އެޑިއުކޭޝަން މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

އަހުމަދު ޝުރާއު

logo

11/25/2023, 4:51:49 PM

F_bp_XPbIAEL36a

ދިރާސީ އާ އަހަރު ފެށުން 2025 ވަނަ އަހަރު އަނެއްކާ ވެސް ޖެނުއަރީ މަހަށް ބަދަލުކުރާނެކަން ހާމަކުރުމާއި އެކު ސުވާލުކުރުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މަޖިލީހަށް ހާޒިރުކުރުމަށް އެދެފި އެވެ.

Wamco

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއެވެ.

ރޮޒެއިނާ ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ދިރާސީ އާ އަހަރު ފެށުން 2025 ވަނަ އަހަރު އަނެއްކާ ވެސް ޖެނުއަރީ މަހަށް ބަދަލުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެފައިވާތީ އެކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާ ގުޅިގެން ވިސްނާފައިވާ ގޮތްތައް ސާފުކުރުމަށް މިނިސްޓަރާ ސުވާލުކުރަން ބޭނުންވާ ކަމަށެވެ.

View post on Twitter

ދާދި ފަހުނ މިނިސްޓަރ ޑރ ޝަފީއު ވަނީ މާލޭގެ ސްކޫލުތަކުގެ ހުރިހާ ޕްރިންސިޕަލުންނާއި ބައްދަލުކުރައްވައި ޕްރިންސިޕަލުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި ދިރާސީ އާ އަހަރު 2025 އިން ފެށިގެން ޖެނުއަރީގައި ފަށާގޮތަށް ހަމަޖެއްސުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ މިފަދައިން ހާމަކުރައްވާފައިވާއިރު ސްކޫލުތައް ފަށާ ދުވަސްވަރު ބަދަލުކުރުމަކީ މި ރިޔާސީ ކެމްޕެއިންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside