
Screenshot 2023-11-25 at 16.36.43
ދިވެހި ފުލުހުންގެ ހިދުމަތުގެ އެކްޓިވް ކޮމިޝަނަރަކަށް ފަރުހާދު ފިކުރީ ހަމަޖައްސައިފި އެވެ.

މިކަން ފުލުހުންގެ ކަންކަން ވިލަރަސްކުރާ ހޯމް މިނިސްޓްރީގެ މިނިސްޓަރު އަލީ އިހުސާން ވަނީ މީޑިއާ ތަކަށް ކަށަވަރުކޮށްދެއްވާފައެވެ. އިހްސާން ވިދާޅުވީ ފަރުހާދު ފިކުރީ ކޮމިޝަނަރަކަށް އައްޔަނުކުރެއްވީ ޕޮލިސް ބޯޑުގެ ލަފާގެ މަތިން ޕޮލިސް ކޮމިޝަނަރަކު އައްޔަނުކުރެވެންދެން ކަމަށެވެ. އަދި ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ދާދި އަވަހަށް ބޭފުޅަކު އައްޔަނުކުރައްވާނެކަން މިނިސްޓަރ ހާމަކުރެއްވި އެވެ.
އެކްޓިން ކޮމިޝަނަރަކަށް އައްޔަނު ކުރެއްވި ފަރުހާދު ފިކުރީއަކީ އެސިސްޓަންޓް ކޮމިޝަނާ ލެވެލްގައި ހުންނެވި ބޭފުޅެކެވެ.
އެންމެފަހުން ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި މުހައްމަދު ހަމީދު މަގާމުން ރިޓަޔަރ ކުރެއްވުމުން އެކްޓިން ކޮމިޝަނަރުގެ މަގާމާ ހަވާލުވެވަޑައިގަތީ މަންނާނެވެ. އެހެންނަމަވެސް މިއަދު މަންނާނު ވަނީ މިއަދު ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައެވެ. މަންނާން ވަނީ 29 އަހަރު ފުލުހުންގެ އިދާރާ އަށް ހިދުމަތް ކުރައްވައިފަ އެވެ.
މަންނާނުގެ އިތުރުން އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަލީ ރަޝީދުވެސް މިއަދު ވަނީ ރިޓަޔަރ ކުރައްވާފައެވެ.