
Palestine
އިސްރާއީލުގެ އުތުރުން ލުބުނާނުގެ ބޯޑަރު ސަރަހައްދުގެ އަވަށްތަކަކަށް ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން މިއަދުވެސް ހަމަލާތަކެއް ދީފިއެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ސަރަހައްދުގެ އައިލޯން، ޔާރާ އަދި އަވްޑޮންއަށް ރޮކެޓް ހަަމަލާތަކެއް ލުބުނާނުން ފޮނުވާލާފައިވީ ނަމަވެސް އޭގެ ސަބަބުން އެެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވެއެވެ.
މިއަދު ހެނދުނުވެސް ލުބުނާނުން ވަނީ އިސްރާއީލުގެ އުތުރުގެ ބައެއް ސަރަހައްދުތަަކަށް ހަމަލާތަކެއް ދީފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އެ އެ ހަމަލާ އިސްރާއީލުން ހުއްޓުވާފައިވާ ކަމަށެވެ.
ޔަހޫދީ އިސްރާއީލުން މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ހަމަލާދޭން ފެށުމާއެކު ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ވަނީ އިސްރާއީލަށް ހަމަލާތަކެއް ދޭން ފަށާފައެވެ. އަދި އެޖަމާއަތުން ބުނަނީ ޣައްޒާއަށް ހަމަލާދިނުން ޔަހޫދީން ހުއްޓާލަންދެން ހަމަލާދެމުންގެންދާނެ ކަމަށެވެ.