logoEN
Sto top
މިއަދުވެސް ފަލަސްތީނުގެ 42 ރައްޔިތަކު ޔަހޫދީން މިނިވަން ކުރާނެ!

މިއަދުވެސް ފަލަސްތީނުގެ 42 ރައްޔިތަކު ޔަހޫދީން މިނިވަން ކުރާނެ!

އަހުމަދު ޝުރާއު

logo

11/25/2023, 2:42:16 PM

Screenshot 2023-11-25 at 14.41.48

ޔަހޫދީ އިޒްރޭލާއި ހަމާސްއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މިއަދުވެސް ޔަހޫދީންގެ ޖަލުތަކުގައި ތިބި ޣައްޒާގެ 42 ފަލަސްތީނު ރައްޔިތުން މިނިވަން ކުރާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

Wamco

ފަލަސްތީނުގެ ގައިދީންގެ ޖަމިއްޔާ އާއި ހަވާލާދީ އަލް ޖަޒީރާއިން ބުނީ ފަލަސްތީނުގެ 42 ގައިދީއަކު މިއަދު ދޫކޮށްލާނެކަން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އެޖަމިއްޔާއަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެގޮތުން މިއަދު މިނިވަން ކުރާ މީހުންގެ ލިސްޓުގައި ހިމެނެނީ 18 އަންހެނުންނާއި 24 ކުޑަކުދިންނެވެ.

އެމީހުން މިނިވަން ކުރާނީ އިއްޔެފަދައިން، ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަاللهގެ ބޭރުގައި އޮންނަ އޮފަރ ޖަލު މެދުވެރިކޮށް ކަމަށްވެސް ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް އެމީހުން މިނިވަން ކުރާނެ ސީދާ ގަޑިއެއް ސާފެއް ނުވެ އެވެ.

ހަމަލާ ބަދަލުކުރުންތައް ހުއްޓާލަން 4 ދުވަހަށް އެއްބަސްވެ އެކަން ތަންފީޒުކުރަން އިއްޔެ ފަށާފައިވާއިރު މިހާތަނަށް ފަލަސްތީނުގެ 39 މީޙަކު ވަނީ ޔަހޫދީން މިނިވަން ކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside