logoEN
Sto top
ބަންދުގައި ހުރި ޒުވާނަކު މަރުވި މައްސަލައަކާއި ގުޅިގެން ލަންކާ ފުލުހުންގެ 4 އޮފިސަރަކު ހައްޔަރުކޮށްފި

ބަންދުގައި ހުރި ޒުވާނަކު މަރުވި މައްސަލައަކާއި ގުޅިގެން ލަންކާ ފުލުހުންގެ 4 އޮފިސަރަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

11/25/2023, 4:21:37 PM

Screenshot 2023-11-25 at 14.31.33

ބަންދުގައި ހުރި ޒުވާނަކު މަރުވި މައްސަލައަކާއި ގުޅިގެން ލަންކާ ފުލުހުންތަކެއް ހައްޔަރުކޮށްފި އެވެ.

Wamco

ލަންކާގެ މީޑިއާތަކުން ބުނީ ޖަފްނާގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވި މައްސަލާގައި ހަތަރު ފުލުހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ނާގަރާޖާ އެލެކްސް (26އ) ނަމަކަށް ކިޔާ ޒުވާނަކު މަރުވެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައެވެ. ޕޯސްޓްމޯޓަމް ރިޕޯޓުން އެނގިފައިވާ ގޮތުގައި އެ ޒުވާނާ މަރުވެފައިވަނީ މާރާމާރީހިންގުމުގެ ސަބަބުން އޭނާގެ ކިޑްނީއަށް ލިބުނު ގެއްލުމުގެ ސަބަބުންނެވެ.

ޖަފްނާ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ނެރުނު އެންގުމާ ގުޅިގެން ހަތަރު ފުލުހަކު ވަނީ ފުލުހުންގެ ހައްޔަރަށް ގެންގޮސްފައި އެވެ. ނަމަވެސް އެމީހުންގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside