logoEN
Sto top
އިސްރާއީލުގެ ބިލިއަނަރެއްގެ ކާގޯ ބޯޓަކަށް ހަމަލާދީފި

އިސްރާއީލުގެ ބިލިއަނަރެއްގެ ކާގޯ ބޯޓަކަށް ހަމަލާދީފި

އައިޝަތު އިފާޝާ

logo

11/25/2023, 2:31:11 PM

cma-cgm-symi_9867839_4100033_Large

އިސްރާއީލުގެ ބިލިއަނަރެއްގެ ކޮންޓެއިނާ ކާގޯ ބޯޓަކަށް ޑްރޯން ހަމަލާއެއް ދީފިއެވެ. މި ހަމަލާ ދީފައިވަނީ އިންޑިއާ ކަނޑުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

Wamco

އެމެރިކާގެ ދިފާއީ ވުޒާރާގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މޯލްޓާގެ ދިދަ ޖަހާފައިވާ ބޯޓު ސީއެމްއޭ ސިމީއަށް އަޟާޒުކޮށްފައިވަނީ ޝަހީދު-136 ޑްރޯން އެއް ކަމަށް ބެލެވޭ ކަމަށެވެ. އެ ހަމަލާގެ ސަބަބުން ބޯޓަށް ގެއްލުން ލިބުނު ނަމަވެސް ބޯޓުގެ އެއްވެސް ފަޅުވެރިއަކަށް ގެއްލުމެއް ލިބިފައިނުވެއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން އެ ބޯޓުގެ ހާލަތު ގާތުން ބަލަމުން އަންނައިރު، މި ހަމަލާގެ ފަހަތުގައި ވަނީ އީރާން ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ގަބޫލުކުރެއެވެ.

އިސްރާއީލުގެ ބޯޓަކަށް ޑްރޯން ހަމަލާއެއް ދީފައިވާއިރު، މިދިޔަ ހަފްތާގައި ޔަމަނުގެ ހޫތީ ޖަމާއަތުން ވަނީ އިސްރާއީލުގެ ވިޔަފާރިވެރިއެއްގެ ހިއްސާ އޮންނަ ބޯޓެއް ހިފައިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside