logoEN
Sto top
ދިވެހިންގެ ފަރާތުން ޣައްޒާއަށް 28000 ލީޓަރގެ ތެޔޮ ފޯރުކޮށްދީފި

ދިވެހިންގެ ފަރާތުން ޣައްޒާއަށް 28000 ލީޓަރގެ ތެޔޮ ފޯރުކޮށްދީފި

އަހުމަދު ޝުރާއު

logo

11/25/2023, 2:23:30 PM

F_xAMGyaMAA9xFo

ޣައްޒާގައި ތިބި ރައްޔިތުންނަށް އެހީވުމަށް ރާއްޖޭޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ކުރިޔަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ޣައްޒާގެ މައި ސިޓީގެ އަވަށަކަށް ތެޔޮ ފޯރުކޮށްދީފި އެވެ.

Wamco

ޣައްޒާގެ މައި ސިޓީގެ މެދުތެރޭގެ އަވަށެއް ކަމަށް ދީރް ބަލާ މުނިސިޕަލްޓީއަށް އޭއައިސީއިން ފޯރުކޮށްދީފައިވަނީ 28،000 ލީޓަރުގެ ތެލެވެ.

އެގޮތުން ފޯރުކޮށްދެވެނު ތެލުގެ ސަބަބުން ގޭގެއަށް ފެން ފޯރުކޮށްދޭ މައި ފެން ޕްލާންޓާއި، ނަރުދަމާ ޕްލާންޓްތަކަށް ހިންގުމަށް ބޭނުން ކުރެވޭނެ ކަމަށް އޭއައިސީއިން ބުނެއެވެ.

View post on Twitter

ޣައްޒާގެ މެދުގެ އަވަށެއް ކަމަށްވާ ދީރް ބާލާގެ ރައްޔިތުންގެ އަދަދު 250،0000 އަށް އަރާއިރު ޔަހޫދީންގެ ހަމަކާތަކުގައިު ގެދޮރު ގެއްލިފައިވާ މީހުންނާއި އެކު އެ އަދަދު 450،000 އަށް ވުރެ މައްޗަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ޣައްޒާއަށް ހަމަލާދިނުން ޔަހޫދީން 4 ދުވަހަށް މެދުކަނޑާލާގައި އެހީތައް އެތެރެވުމަށް ފުރުސަތު ދޭން ނިންމާ އެކަން ތަންފީޒުކުރަން ފެށީ އިއްޔެ އެވެ. އެގޮތުން މިއާއި އެކު ގިނަ އަދަދެއްގެ އެހީގެ އުޅަނދުތައް ޣައްޒާއަށް ވަންނަން ފަށާފައިވާއިރު ދިވެހިން ފަރާތުން ފަލަސްތީނު ރައްޔިތުންނަށް ފޯރުކޮށްދޭ އެހީތައްވެސް ޣައްޒާއަށް ވަންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside