
43231341_2091673587829845_66293816646172672_n
ޕީޕީއެމްގެ މައި އޮފީހެއްގެ ގޮތުގައި މާލޭގެ ބޮޑުތަކުރުފާނު މަގުގައި ބޭނުންކުރަމުން އައި އޮފީސް ހުސްކުރަން އެތަނުގެ ވެރިފަރާތުން އަންގައިފި އެވެ.

ޕީޕީއެމްގެ އޮފީސް ހިންގަމުން ގެންދަނީ ހ. ހުރަފާގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާގައެވެ.
ޕީޕީއެމްގެ އޮފީސް ހިންގަމުން އަންނަ ތަން ހުސްކުރަން އަންގާފައިވާކަން ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށް ނިންމަވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާފައިވާ ސްޓިއަރިން ކޮމިޓީގައި އިސްކޮށް ހުންނެވި ކުރީގެ މިނިސްޓަރު މަލީހް ޖަމާލް ވަނީ މިއަދު ނޫސްތަކަށް ކަށަވަރުކޮށްދެއްވާފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ހ. ހުރަފާއިން ޕީޕީއެންގެ އޮފީސް ހުސްކުރުމަށްފަހު ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީގެ އޮފީސް އެ ތަނުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ޕީޕީއެމުން ވަކިވެ، ޔާމީން އާ ޕާޓީއެއް ހެދުމަށް ނިންމީ ޕާޓީގެ ލީޑާޝިޕުން އެމަނިކުފާނު އެއްފަރާތްކޮށްފައިވާ ކަމަށް ބުނެ އެވެ. ޔާމީންގެ ފަރާތުން ރައީސް މުއިއްޒަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު އޭގެ ތެރޭގައި، އެމަނިކުފާނުގެ ފޯނު ކޯލަށް ރައީސް ޖަވާބު ނުދެއްވުމާއި ޖަލު ހުކުމުން މިނިވަން ނުކުރުން ހިމެނެ އެވެ.
ޔާމީން އަލަށް ހަދާ ޕާޓީގެ މަސައްކަތް މިހާރު ފަށާފައިވާއިރު އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް މާދަމާ އެދޭނެ ކަމަށް އެ މަސައްކަތުގައި އިސްކޮށް އުޅޭ ފަރާތްތަކުން ބުނެ އެވެ.