logoEN
WAMCO TOP 1
ހިޔާގެ ފުރަތަމަ ޓަވަރުން މިއަދު ކަރަންޓު ކެނޑިދާނެ!

ހިޔާގެ ފުރަތަމަ ޓަވަރުން މިއަދު ކަރަންޓު ކެނޑިދާނެ!

އަލްފާ އަލީ

logo

11/25/2023, 8:15:17 AM

ހިޔާ|Hiya

ހުޅުމާލެ ދެވަނަފިޔަވަހީގައި މީހުން ދިރިއުޅެމުން އަންނަ ހިޔާ ފްލެޓްތަކުގެ ފުރަތަމަ ޓަވަރުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

THE TRAVELLER AD

ސްޓެލްކޯއިން ބުނެފައިވަނީ، ހިޔާގެ ފުރަތަމަ ޓަވަރަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ސަބްސްޓޭޝަންގެ ސުވިޗްގިއަރއަށް މީގެ ކުރިން ދިމާވި މައްސަލަ ހައްލު ކުރުމަށް ވަގުތީގޮތުން މިކުންފުނިން ބެހެއްޓި ސުވިޗްގިއަރގެ ބަދަލުގައި އާރބަންކޯއިން އައު ސުވިޗްގިއަރ އެއް ފޯރުކޮށްދީފައިވާ ކަމަށެވެ.

އެ ސުވިޗުގެ މަސައްކަތް މިއަދު ކުރުމަށް ހަމަޖެހިފައިވާތީ، ހިޔާގެ ފުރަތަމަ ޓަވަރުން ހެނދުނު 10:00 އިން 13:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މިކަމުގެ ސަބަބުން އާއްމުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.

ކޮމެންޓް
ފަހުގެ
HDC