
ޕީޕީއެމް އޮތީ ރައީސް ޑރ މުއިއްޒުއާއެކު، ސަރުކާރުގެ ހިމާޔަތުގައި - ޣައްސާން
Dr Mohamed Muizzu, Gassan Maumoon
ޕީޕީއެމް އޮތީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުއާއެކު ކަމަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވެއްޖެެއެވެ.

ޣައްސާން މިހެން ވިދާޅުވެފައިމިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިއްޔެ ޕީޕީއެމް ދޫކޮށްލައްވައި އަމިއްލަ ޕާޓީއެއް އުފައްދަވާކަން އިއުލާނުކޮށްފައިވަނިކޮށެވެ. އެކްސްގައި ޣައްސާން މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީޕީއެމް އޮތީ ރައީސް ޑރ މުއިއްޒުއާ އެކު ކަމަށެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ ހިމާޔަތުގައި އަތާއި އަތް ގުޅައިގެން މިތިބީ ސަފުތަކުގައި ކެރުމާއި އިޚްލާސްތެރިކަމާއެކު ސާބިތުވެ ހުރެ. ގައުމަށް ހެޔޮ އެދޭ އެންމެހައި ލޮބުވެތި ދިވެހިންނަށް ރައީސް މުއިއްޒުއާ އެކު ކުރިއަށް ވަޑއިގަތުމަށް ގޮވާލަން - ޣައްސާން ވިދާޅުވިއެވެ.
ޔާމީން ޕީޕީއެމް ދޫކޮށްލައްވައި، އާ ޕާޓީއެއް ހައްދަވަން އިއްޔެ ނިންމެވުމާ ގުޅިގެން މި ސަރުކާރުގެ ބައެއް އެހެން މިނިސްޓަރުން ވެސް އަންނަނީ ރައީސް މުއިއްޒަށް އޮތް ތާއީދު ހާމަކުރައްވަމުންނެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ ޕީޕީއެމް/ޕީއެންސީގެ މެމްބަރުންވެސް ގެންދަނީ ޑރ މުއިއްޒުއާއެކު ތިބި ހާމަކުރަމުންނެވެ،