
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އަނެއްކާވެސް މުޅި ރާއްޖެއަށް ހުދު ސަމާލު!
White Alert
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މިރޭ 21:00 އިން ފެށިގެން 03:00 އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ.
އެ މުއްދަތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލާފާކޮށް ކަމާބެހޭ އިދާރާތަކުން ވަނީ ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުކަން ދީގެން ދަތުރު ކުރުމަށް އިލްތިމާސްކޮށްފައެވެ.