logoEN
Sto top
ގްރޭޑް 10 އެއްގެ 2 ވަނަ ޓާރމްގެ އިމްތިހާން ރޯދައިގެ ކުރިން ނިންމުމަށް އަންގައިފި

ގްރޭޑް 10 އެއްގެ 2 ވަނަ ޓާރމްގެ އިމްތިހާން ރޯދައިގެ ކުރިން ނިންމުމަށް އަންގައިފި

އައިޝަތު އިފާޝާ

logo

11/24/2023, 9:26:19 PM

big_EQ1fqMJ4exa1s1AxVorWxTdm6

ގްރޭޑް 10ގެ ދަރިވަރުންގެ 2 ވަނަ ޓާމް އިމްތިހާން ރޯދަމަހުގެ ކުރިން ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގަވައިފިއެވެ.

Wamco

މިނިސްޓްރީން ސްކޫލްތަކަށް ފޮނުވާފައިވާ ސަރކިއުލާއެއްގައިވަނީ މިގޮތަށް އަންގަވާފައިވަނީ ރޯދައިގެ ކުރިން މިއިމްތިހާން ނެގުމަށް ގިނަ ސްކޫލްތަކަކުން އެދިފައިވާތީ ކަމަށެވެ. އެހެންކަމުން ގްރޭޑް 10އެއްގެ 2ވަނަ ޓަރމް އިމްތިހާނު އަންނަ އަހަރުގެ ފެބްރުއަރީ 25 އާއި މާޗު 14 އާ ދެމެދު ބާއްވާ ނިންމުމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ ސްކޫލްތަކަށް އަންގަވާފައެވެ.

މިސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު ތަޢުލީމީ ދާއިރާގެ ކަންކަން އިތުރަށް ރަނގަޅުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ދިރާސީ އަހަރުގެ ފެށުން އަހަރުގެ ކުރީކޮޅަށް ބަދަލުކުރުމާއި ގުޅޭ މަޝްވަރާތައް މިހާރު ފަށްޓަވާފައިވާ ކަމަށް އެމިނިސްޓްރީންވަނީ ހާމަކުރައްވާފައެވެ.

ނަމަވެސް މިކަން ތަންފީޒުކުރަން ފަށާނެ ވަކި އަހަރެއް އަދި ކަނޑައަޅުއްވާފައި ނުވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

މީގެއިތުރުން ސްކޫލްތަކުން އިތުރު ހަރަކާތްތައް ބާއްވާއިރު ކިޔެވުމުގެ ވަގުތު ނުގެއްލޭގޮތައް އެކަންކަން ރޭވުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގަވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside