logoEN
Sto top
ކްލައުޑިއޯ އެޗެވަރީ ގެ ހެޓްރިކާއެކު ބްރެޒިލް ބަލިކޮށް އާޖެންޓީނާ ސެމީއަށް

ކްލައުޑިއޯ އެޗެވަރީ ގެ ހެޓްރިކާއެކު ބްރެޒިލް ބަލިކޮށް އާޖެންޓީނާ ސެމީއަށް

ހަސަން ޝަމްއޫން

logo

11/24/2023, 8:17:58 PM

IMG_20231124_201657

އިންޑޮނޭޝިޔާގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ފިރިހެން ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި 3-0 ގެ ނަތީޖާއަކުން ބްރެޒިލް ބަލިކޮށް އާޖެންޓީނާ އިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

Wamco

އާޖެންޓީނާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި 5-0 ގެ ނަތީޖާއަކުން ވެނަޒުއޭލާ ބަލިކުރުމަށްފަހު އެވެ. އަދި ބްރެޒިލް ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދީ ދެވަނަ ބުރުގައި 3-1 ގެ ނަތީޖާއަކުން އިކުއެޑޯ ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އާޖެންޓީނާ އިން ލީޑު ހޯދި 28 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރިވަޕްލޭޓްގެ ފޯވާޑް ކުލައުޑިއޯ އެޗެވަރީ އެވެ.

މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އާޖެންޓީނާ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރި އިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުގެ ދެވަނަ ލަނޑު 58 ވަނަ މިނެޓުގައި އެޗެވަރީ ކާމިޔާބުކުރި އިރު، މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކުރީ 71 ވަނަ މިނެޓުގައެވެ. މިއީ މިމުބާރާތުގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ. އަދި މުބާރަތުގެ ސެމީ ފައިނަލުގައި އާޖެންޓީނާ އިން ނުކުންނާނީ ޖަރުމަނާއި ދެކޮޅަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside