
އެއްބަސްވެފައިވާ ގޮތަށް ހަމާސްއިން ޔަހޫދީން މިނިވަން ކުރަން ފަށައިފި
2023-11-24T141340Z_738121807_RC2QJ4AC8RD3_RTRMADP_3_ISRAEL-PALESTINIANS-HOSTAGES-1700835884 copy
ހަނގުރާމަ މެދުކަނޑާލަން ވެވުނު އެއްބަސްވުމުގައިވާ ގޮތަށް ހަމާސް ޖަމާއަތުގެ ހައްޔަރުގައި ތިބި ޔަހޫދީންގެ ތެރެއިން ފުރަތަމަ މިނިވަންކުރަން ހަމަޖެހިފައިވާ 13 މީހުން ދޫކޮށްލުމުގެ މަސައްކަތް ފަށައިފިއެވެ.

މިސްރުގެ ދައުލަތުގެ އިންފޮމޭޝަން ސާވިސްގެ ވެރިޔާ ވިދާޅުވީ އިސްރާއީލުގެ 13 މީހުންނާ އެކު ތައިލެންޑުގެ ގިނަ ބަޔަކު ޣައްޒާއިން މިނިވަން ކުރާނެ ކަމަށެވެ.
މިސްރުގެ ދައުލަތުގެ އިންފޮމޭޝަން ސަރވިސްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ހަމާސް ޖަމާއަތުގެ ހައްޔަރުގައި ތިބި ތައިލޭންޑްގެ 12 މީހުންނާއި، އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް އިސްރާއީލުގެ 13 މީހަކު ވަނީ ދޫކޮށްލާފައި ކަމަށެވެ.
ތައިލެންޑުގެ ބޮޑުވަޒީރު ރެތާ ތަވިސިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޣައްޒާގައި ހައްޔަރުކޮށްފައި ތިބި ތައިލެންޑްގެ 12 މަސައްކަތްތެރިން ހަމާސް ޖަމާއަތުން ދޫކޮށްލާފައިވާކަމުގެ ޔަގީންކަން ސަރުކާރަށް ލިބިފައިވާ ކަމަށެވެ.
ހަމާސްގެ ހައްޔަރުގައި ތިބި ޔަހޫދީ ގައިދީން ދޫކޮށްލާފައިވާއިރު، އިސްރާއީލުން ރަހީނުކޮށްފައި ތިބި ފަލަސްތީނުގެ ރައްޔިތުން ދޫކޮށްލި ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.
އިތުރު ތަފްސީލު އަންނަނީ...