logoEN
Sto top
އެއްބަސްވުމާއި އެއްގޮތަށް އެހީތައް ޣައްޒާއަށް ވަންނަން ފަށައިފި، ރެޑްކްރެސެންޓަށް އައު 2 އެމްބިއުލާންސް!

އެއްބަސްވުމާއި އެއްގޮތަށް އެހީތައް ޣައްޒާއަށް ވަންނަން ފަށައިފި، ރެޑްކްރެސެންޓަށް އައު 2 އެމްބިއުލާންސް!

އަހުމަދު ޝުރާއު

logo

11/24/2023, 4:02:04 PM

F_sRdmmXgAApBWa (1)

ޔަހޫދީން ޣައްޒާއާށް ދެމުން އަންނަ ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑާލައި އެހީތައް ޣައްޒާއަށް ވެއްދުމުގެ ފުރުސަތު ދިން ވަގުތު މިއަދު ފަށާފައިވާއިރު ފަލަސްތީނުގެ ރެޑްކްރެސެންޓަށް މުހިންމު އެހީތަކެއް މިހާރު ލިބިފައިވާ ކަމަށް ބުނެފި އެވެ.

Wamco

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނީ އެ ޖަމިއްޔާގެ ޓީމުތަކަށް މިސްރުގެ ރެޑް ކްރެސެންޓުގެ ފަރާތުން ދެ އެމްބިއުލާންސް އެހީގެ ގޮތުގައި ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެހީ ބަރުކޮށްގެން 85 ޓްރަކް ރަފާ ކްރޮސިން މެދުވެރިކޮށް މިހާރު ޣައްޒާއަށް ވަދެ ފަލަސްތީނުގެ ރެޑް ކްރެސެންޓުގެ އޮފިޝަލުންނާއި ހަމައަށް އައިސްފައިވާ ކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ޣައްޒާއަށް ލިބުނު އެހީގެ ޓްރަކުތަކުގައި ކާބޯތަކެއްޗާއި ފެނާއި ރިލީފް ސާމާނާއި މެޑިކަލް އިކުއިޕްމަންޓާއި ބޭސް ފަދަ ޒަރޫރީ ސާމާނު ހުރިކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެއެވެ.

ޔަހޫދީ އިސްރާއީލާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް އާއި ދެމެދު ގަތަރު މެދުވެރިވެގެން ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް ހަމަލާ ދިނުން ޔަހޫދީ އިސްރާއީލުން ހުއްޓާލީ މިއަދު ހެނދުނު 7 ޖެހިއިރު (ޖީއެމްޓީ ގަޑިން 05:00) ގައެވެ.

View post on Twitter

ހަމާސްއާއި ޔަހޫދީ އިސްރާއީލާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހަމަލާތައް ބަދަލުކުރުން މެދުކަނޑާލާފައިވާއިރު، ކުރިއަށް އޮތް ހަތަރު ދުވަސް ވަންދެން މި އެއްބަސްވުމާ އެއްގޮތަށް ދެ ފަރާތުންވެސް އަމަލުކުރަން ޖެހޭނެއެވެ.

އެގޮތުން ހަމަލާތައް ހުއްޓާލުމަށްފަހު ދެން އެންމެ ފުރަތަމަ ހަމާސްގެ ހައްޔަރުގައި ތިބި ޔަހޫދީންގެ ތެރެއިން އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 13 މީހުން ދޫކޮށްލަން ޖެހޭނެއެވެ. އެމީހުން ދޫކޮށްލުން އޮންނާނީ މިއަދު ހަވީރު 04:00 ގައެވެ.

އަދި ދޫކޮށްލާ މީހުން ރެޑްކްރޮސްގެ ބެލުމުގެ ދަށުން ރަފާ ބޯޑަރަށް ގެންގޮސް އިސްރާއީލުގެ އަސްކަރިއްޔާއާ ހަވާލުކޮށް އެމީހުން ދެނެގަތުމުގެ މަސައްކަތް ކުރެވޭނެއެވެ. އޭގެ ފަހުގައި އެމީހުން ހޮސްޕިޓަލްތަކަށް ގެންގޮސް ޖިސްމާނީ އަދި ނަފްސާނީ ޓެސްޓުތައް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އެއްބަސްވުމާ އެއްގޮތަށް ޔަހޫދީން ރަހީނުކޮށްފައި ތިބި ފަލަސްތީނުގެ 39 މީހުން މިއަދު ދޫކޮށްލަން ޖެހޭނެއެވެ.

އެ މީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ އިސްރާއީލުގެ ދެ ޖަލަކުންނެވެ. އެއީ ހައިފާގެ އިރުދެކުނުން އޮންނަ ޑޭމަން އާއި މެގިޑޯ އިންނެވެ. އެއަށްފަހު ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲގެ ދެކުނުގައި އޮންނަ އޮފަރ ޖަލަށް ގެންގޮސް އެތަނުގެ ކައިރީގައި އޮންނަ ކްރޮސިންއަކަށް ގެންގޮސް އާއިލާތަކާ ހަވާލުކުރާނެއެވެ.

އަދި ކުރިއަށް އޮތް ގަޑިތަކުގައި މިސްރުން ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ގިނަ އަދަދެއްގެ ޓްރަކްތައްވެސް ޣައްޒާއަށް އެތެރެކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިހާރު ބައެއް ޓްރަކްތައް ޣައްޒާއަށް ވަނީ އެތެރެވެފައެވެ.

ހަމާސް އިން ބުނީ ދުވާލެއްގެ މައްޗަށް 200 އެހީދޭ ޓްރަކާއި އިތުރު ތެޔޮ ޓްރަކް ޣައްޒާއަށް ވަންނާނެ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside