
White Alert
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށެވެ. އެގޮތުން މިއަދު ހެނދުނު 9:00 އިން ފެށިގެން 15:00 އާ ހަމައަށް އެސަރަހައްދަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
އެއިދާރާއިން ވަނީ އެސަރަހައްދަށް ހުދު ސަމާލުގެ މުއްދަތުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ހެނދުނު ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައި އެވެ.
މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލާފާކޮށް ކަމާބެހޭ އިދާރާތަކުން ވަނީ ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުކަން ދީގެން ދަތުރު ކުރުމަށް އިލްތިމާސްކޮށްފައެވެ