
White Alert
މޫސުން ގޯސްވެ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު ހެނދުނު 9:00 އިން ފެށިގެން 15:00 އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ.
އެއިދާރާއިން ަވނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.
މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލާފާކޮށް ކަމާބެހޭ އިދާރާތަކުން ވަނީ ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުކަން ދީގެން ދަތުރު ކުރުމަށް އިލްތިމާސްކޮށްފައެވެ