logoEN
Sto top
ހަމަލާތައް ހުއްޓާލަން ވަގުތު ކުޑަތަން ވެފައިވަނިކޮށް ޔަހޫދީންގެ ވަރުގަދަ ހަމަލާއެއް އދ ގެ ސްކޫލަކަށް!

ހަމަލާތައް ހުއްޓާލަން ވަގުތު ކުޑަތަން ވެފައިވަނިކޮށް ޔަހޫދީންގެ ވަރުގަދަ ހަމަލާއެއް އދ ގެ ސްކޫލަކަށް!

އަހުމަދު ޝުރާއު

logo

11/24/2023, 12:33:56 AM

cq5dam.thumbnail.cropped.750.422

ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމައި އެކަން ތަންފީޒުކުރަން ވަގުތު ކުޑަތަން ވެފައި ވަނިކޮށް ޔަހޫދީންގެ އދ ގެ ސްކޫލަކަށް ވަރުގަދަ ހަމަލާތަކެއް ދީ ގިނަ ބަޔަކު ޝަހީދުކޮށްލައިފި އެވެ.

Wamco

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުން ދިން ހަމަލާ އަމާޒުވީ ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ހުންނަ އދ އިން ބޭނުންކުރަމުން ައަންނަ އަބޫ ހުސައިން ސްކޫލަށެވެ.

އެ ސްކޫލަކީ ޣައްޒާގެ އެހެން ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ބޮމުގެ ހަމަލާތަކުން ސަލާމަތްވެފައިވާ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންދާ ސްކޫލެކެވެ.

މި ހަމަލާގައި މިހާތަނަށް 27 މީހަކު ޝަހީދުވެފައިވާ ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެއެވެ. އަދި އެތައް ބަޔަކު ޒަހަމްވެފައިވާއިރު އަލްޖަޒީރާގެ ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހުން މިހާރު ވަނީ ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލަށް ގެންނަން ފަށާފަ އެވެ.

ޔަހޫދީން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަަނަ ދުވަހުން ފަށައިގެން ހުއްޓުމެއް ނެތި ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމަށް ވަނީ މިހާރު ނިންމާފައި އެވެ. އެގޮތުން ހަމަލާ ބަދަލުކުރުންތައް ހުއްޓާލަން ނިންމާފައިވަނީ ޣައްޒާގެ ގަޑިން ހެނދުނު 07:00 އިން ފެށިގެން 4 ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގައި ޔަހޫދީ އިޒްރޭލާއި ޣައްޒާގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންނާއި ގައިދީން ބަދަލުކުރަށް ވެސް ވަނީ އެއްބަސްވެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside