logoEN
Sto top
ޕޮލިސް ބޯޑަށް މެންބަރުން އައްޔަނުކޮށްފި

ޕޮލިސް ބޯޑަށް މެންބަރުން އައްޔަނުކޮށްފި

އަހުމަދު ޝުރާއު

logo

11/24/2023, 12:41:08 AM

b_MZvsPN1mTI49iUd4Sq6752lhq

ޤާނޫނު ނަންބަރު 2020/34 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ "ޕޮލިސް ބޯޑު" ގެ ބައެއް މެންބަރުން ވަކިކުރައްވައި ޕޮލިސް ބޯޑަށް ބައެއް މެންބަރުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ޢައްޔަނުކުރައްވައިފިއެވެ.

Wamco

ވީމާ، ޕޮލިސް ބޯޑު މިހާރު ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.

އަޙްމަދު ޝަރީފް (ގުލްފާމްގެ، ތ.ހިރިލަންދޫ) - ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރު

ޢާއިޝަތު ނޫރާ މުޙައްމަދު (ހ.ނޫމުތީ) - ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރު

އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް (ދަފްތަރު. ނަމްބަރ ރސ 535)- ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު

އަޙްމަދު އަޒީމް (ބަގީޗާގެ، ސ.މަރަދޫފޭދޫ) - ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު

އަޙްމަދު ސަޢުދީ (އަލިމަސްގެ، ހއ.ހޯރަފުށި) - ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު

ޙާމިދު ޢަބްދުލްޣަފޫރު (ހ.ޝޭޑީކޯނަރ) - ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ މެންބަރު

އަލްއުސްތާޛާ ޞަފާ ޝަރީފް (ދެތަނޑިމާގެ / ސ.ހުޅުދޫ) - ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ މެންބަރު.

ރައީސް ޕޮލިސް ބޯޑަށް މެމްބަރުން އައްޔަނުކުރައްވާފައިވާއިރު އަދިވެސް ޕޮލިސް ކޮމިޝަނަރަކަށް ބޭފުޅަކު އައްޔަނުކުރައްވާފައެއް ނުވެއެވެ. މިވަގުތު ފުލުހުންގެ އެކްޓިންގ ކޮމިޝަނަރަކަށް ހުންނެވީ ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް އެވެ. ޕޮލިސް ބޯޑު

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside