
Screenshot 2023-11-23 at 20.34.33
ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރު އާއި ބައްދަލުކުރައްވައިފި އެވެ.

މިނިސްޓަރ ޒަމީރު އާއި އިންޑިއާ ސަފީރު ބައްދަލުކުރެއްވީ މިއަދުގެ ވަގުތެއްގައި އެވެ. މި ބައްދަލުކުރެއްވުން އޮތީ ރާއްޖޭގެ ފޮރިން މިނިސްޓްރީގައި އެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނީ މިއަދު ކުރިޔަށް ދިޔަ ބައްދަލުވުމުގައި ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރުމަށް މިނިސްޓަރ ޒަމީރުއާއި ސަފީރު މުނޫ މަހާވަރު މަޝްވަރާކުރެއްވި ކަމަށެވެ.
އަދި މި ބައްދަލުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރުކަމާއި ޒަމީރު ހަވާލުވެވަޑައިގަތުމުން އިންޑިއާގެ ފޮރިން މިނިސްޓަރު ޗަައިޝަންކަރުގެ ނަމުގައި މިނިސްޓަރ ޒަމީރުއަށް ވަނީ އިންޑިއާ ސަފީރު މަރުހަބާވެސް ދަންނަވާފައި އެވެ.
މިއީ މިނިސްޓަރ ޒަމީރު މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާގެ ސަފީރާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.




